ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހުނު މީހުންގެ އަދަދު 37 މިލިއަނަށް އަރައިފި

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ތިން މިލިއަނަށްވުރެ މައްޗަށް އަރައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެގެ އެކި ކަންކޮޅުތަކުން ކޮވިޑް 19 އަށް ޕޮޒްޓިވްވީ މީހުންގެ އަދަދު 37 މިލިއަނަށް އަރައިފިއެވެ.

މުޅި ދުނިޔެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 37,014,456 ގައެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބައްޔައް ޕޮޒްޓިވްވެފައިވާ ކަމަށް ރިޕޯޓް ތަކުން ދައްކަނީ  އިންޑިއާ، އެމެރިކާ އަދި ބްރެޒިލް އިންނެވެ. މީގެ ތެރެއިން މިވަގުތު އެންމެ ނުރައްކާ ބޮޑުވެ، އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިންޑިއާގައެވެ.

މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނިވެސް 6 ހާހަށްވުރެ ގިނަ މީހުން މަރުވެ، ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1,070,314 އަށް އަރާފައެވެ.

މިހާތަނަށް 214 ޤައުމަކުން ނުވަތަ ސަރަޙައްދަކުން މި ބަލި ފެނިފައިވާއިރު  ބަލީގެ އެއްވެސް ކޭސް އެއް މިހާރު ނެތީ 12 ސަރަޙައްދެއްގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: