ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފި

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯއިން މަސް ގަންނަ އަގު އަނެއްކާވެސް ދަށްކޮށްފިއެވެ.

މިފްކޯއިން ބުނި ގޮތުގަައި، މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. މީގެއިތުރުން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގު އަނެއްކާވެސް ދަށްކުރީ ބައިނަލްއަޤުވާމީ ބާޒާރުތަކުގައިވެސް މަހުގެ އަގު ދަށްވުމާއި ގުޅިގެނެވެ.

މަސްގަންނަ އަގު ދަށްވުމާއި ގުޅިގެން މަސްވެރިންވެސް ދަނީ ހިންހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: