ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްޓީއައި ޕޮލިސީއިން، ފަސް އަހަރަށް ހުށަހަޅަންޖެހެނީ ކިހާވަރެއްގެ އިންވެސްޓްމެންޓެއްކަން ސާފުވާނެ: ވިސާމް

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން ހުށަހަޅާ ފަރާތަކުން ފުރިހަމަ ކުރަންޖެހޭނީ ކިހާވަރެއްގެ އިންވެސްޓެމެންޓެއްކަން އެފްޓީއައި ޕޮލިސީއިން ސާފުވާނެކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީން ގެނެސްދޭ “ސަރުކާރު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ކޮވިޑުގެ ސަބަބުން އެ އިދާރާއިން ފޯރުކޮށްދެމުން ދިޔަ އެއްވެސް ހިދުމަތެއް ހުއްޓާލާފައި ނުވާނެ ކަމަށެވެ. އަދި އެ ދުވަސްވަރުގެ ތެރޭގައި ވެސް ވިޔަފާރިތައް ރެޖިސްޓްރީ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މައުލޫމާތުތަކާއި އެހީތައް ފޯރުކޮށްދެމުން ދިޔަ ކަމަށް ވިސާމް ވިދާޅުވިއެވެ. އެގޮތުން ގިނަ ހިދުމަތްތަކާއި، މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާނީ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކަމަށް ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މީގެ ކުރިން ވެސް ވިޔަފާރިތައް ރެޖިސްޓްރީ ކުރުމާއި، ނަންތައް ރެޖިސްޓްރީ ކުރުން ޕޯޓަލް މެދުވެރިކޮށް ކުރިޔަށް ގެންގޮސްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އާއްމު ގޮތެއްގައި ގިނަ ފަރާތްތައް ބޭނުންވަނީ އެ ހިދުމަތްތައް މިނިސްޓްރީއަށް އައިސް ކުރިޔަށް ގެންދިއުމަށް ކަމަށް ވިސާމް ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ މުސްތަގުބަލުގައި އަތޮޅުތަކާއި، ރަށްތަކުގައި ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް ވިޔަފާރިތަކަށް އަތޮޅުތަކުން ރެޖިސްޓްރީ ކުރުމަށް ހުޅުވާލަންޖެހުނަސް އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ގެންދެވޭނީ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށެވެ.

ޕެރަލަލްކޮށް ސިސްޓަމުން ހިދުމަތެއް ދިނުން އެއީ އުނދަގޫ މަސައްކަތެއްގެ ގޮތުގައި ވިސާމް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވުޖޫދަށް ގެންނާނެ ގާނޫނުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ޓްރާންސެކްޝަން ބިލާއި، ވިޔަފާރިތަކާއި ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ހިމެނޭ ކަމަށެވެ. އަދި މި ބަދަލުތައް ބަރޯސާވާން ބޭނުންވަނީ އޮންލައިން ޕޯޓަލްއަކުން ދޭ ހިދުމަތްތަކަށް ކަމަށް ވިސާމް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސާމް ވިދާޅުވީ ކޮވިޑުގެ ތެރޭގައި ހިދުމަތްތަކަށް އެދުނު ފަރާތްތައް ކުރީ މަސްތަކާއި އަޅާބަލާ މަދު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑު އާއްމު ހާލަތާއި އެކު ވިޔަފާރިތައް ފެށުމާއި، އަމިއްލަ ވިޔަފާރިތައް އަލަށް ރެޖިސްޓްރީ ކުރާ ފަރާތްތައް އިތުރުވެފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.

އެފްޓީއައި ޕޮލިސީއަށް ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ، އެގެ ބޭނުމަކީ ބޭރުގެ އިންވެސްޓުމެންޓުތަކާއި ނުލާ، އަމިއްލަ ރައުސްމާލު ނުވަތަ އެސެޓުތައް ބޭނުންކޮށްގެން 100 އިންސައްތަ ދިވެހި ވިޔަފާރިތައް ރެޖިސްޓްރީ ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގެ ތަފާތު އެކި ޕްރޮފެޝަންތައް ކުރިއެރުވުމަށް ދިވެހި ކުންފުނިތަކާއި ގުޅިގެން ބޭރުގެ ފަރާތްތަކަށް ފުރުސަތުތައް ދިނުން ކަމަށެވެ. އޭގެ ތެރޭގައި އެކައުންޓިން ދާއިރާ އާއި، ކޮންސަލްޓެންސީ ވިސާމް ފާހަގަ ކުރެއްވިއެވެ.

ވިސާމް ވަނީ ޓޫރިޒަމް ސިނާއަތާއި، ކޮންސްޓްރަކްޝަން އަދި ޓްރާންޕޯޓަކީ ގުޅިފައިވާ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ފަތުރުވެރިކަމަށް އަންނަ ކޮންމެ ބޫމް އާކާއި އެކު ކޮންސްޓްރަކްޝަންގެ ދައިރާ ވެސް ކުރިއަރާއިރު ދަތުރުފަތުރުގެ ދާއިރާއަށް ވެސް ކުރިއެރުންތައް އަންނަކަމަށް ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ ސިޔާސަތުތައް އެކުލަވާލިއިރު ވިސްނުމަކަށް ވީ ބޮޑު ކެޕިޓަލް އިންވެސްޓްމެންޓަކާއި އެކު ފަށަންޖެހޭ ވިޔަފާރިއެއް ނަމަ ވަކި މިންވަރެއް ކަނޑައެޅުން ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އިންވެސްޓުކުރުމަށް ޝައުގުވެރިކަން ހުށަހަޅާ ފަރާތަކުން ފުރިހަމަ ކުރަންޖެހޭނީ ކިހާވަރެއްގެ އިންވެސްޓެމެންޓެއްކަން އެފްޓީއައި ޕޮލިސީއިން ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ. ވިސާމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ، ދިވެހިންނަށް ކުރެވޭނެ އަދި ދިވެހިންނަށް ފައިނޭންސްކޮށް ދިވެހިންނަށް އިންވެސްޓް ކުރެވޭނެ މަސައްކަތްތައް ކަމަށެވެ. އެހެން ނަމަވެސް ނިސްބަތުން ކެޕިޓަލްއަށް ބަލާނަމަ، މާލީ ވަސީލަތްތަކުން ގޮންޖެހުންތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި  ބޭންކް ބޭސްޑް ފައިނޭންސްއާއި، ކެޕިޓަލް އިންވެސްޓްމެންޓު ހިމެނެއެވެ.

ވިސާމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާރު މި އޮތް ހިސާބަށް ގެންދެވުނު އެންމެ ބޮޑު އެއް ސަބަބަކީ ހުޅުވާލެފައި އޮތް ސިޔާސަތު ކަމަށެވެ. އަދި އެންމެ ފަހުން އާއްމު ކުރި އެފްޓީއައި ޕޮލިސީގައި ފިޝަރީޒް ދާއިރާ އަދި އެގްރިކަލްޗާ ދައިރާގައި ވެސް އިތުރަށް ތަރައްގީ ކުރެވޭނެ ކަންކަމަށް ފުރުސަތުތައް ދީފައި ހުންނާނެ ކަމަށެވެ. ވިސާމް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ބޭރުގެ އިންވެސްޓުމެންޓުތަކުން އޭގެ މަންފާ ރާއްޖެއަށް ހޯދައިދިނުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: