ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ޕޭ ކަސްޓަމަރުންނަށް 5 ޕަސެންޓް ކޭޝްބެކް ގެ ގޮތުގައި!

ދިރާގް ޕޭ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުޕޭ މެދުވެރިކޮށް 4 އޮކްޓޯބަރ 2020 އިން ފެށިގެން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޭޝް ބެކް ނުވަތަ އިތުރު ފައިސާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް ދިރާގު ޕޭ ބޭނުން ކޮށްގެން ބިލް ދައްކާ، ރީލޯޑް ކޮށް ނުވަތަ ވިޔަފާރި ކުރުމުން ވަގުތުން ބިލުގެ ފަސް ޕަސެންޓް އަނބުރާ ދިރާގުޕޭ ވޮލަޓަށް ޖަމާވެގެން ދާނެއެވެ.

އެގޮތުން، ގިނަ ވެގެން 100 ރުފިޔާ ކޮންމެ ހަފްތާއެކު ކަސްޓަމަރުންގެ ދިރާގު ޕޭ ވޮލަށް ޖަމާވާނެއެވެ. މި ފައިސާ ޖަމާ ވުމުން، އެކަން އެންގުމުގެ ގޮތުން ކަސްޓަމަރުންނަށް އެސް. އެމް. އެސް އެއް ދިރާގުން ފޮނުވާނެއެވެ. އަދި ކަސްޓަމަރުންނަށް ދިރާގު ޕޭ އެޕުން “ޓްރާންސެކްޝަން ހިސްޓަރީ” ފަސޭހަކަމާއެކު ބަލާލައި، ކޭޝްބެކް ގެ ގޮތުގައި ލިބުނު އަދަދު ރަނގަޅު ތޯ ބަލާލެވޭނެއެވެ.

ސާފުތާހިރު ކަމަށާއި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހިފައިވާ މި ދުވަސްވަރުގައި، ޑިޖިޓަލް ވޮލެޓާއި އޮންލައިން ކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ދަނީ ބާރު އަޅަމުންނެވެ. ދިރާގު ޕޭ އަކީ މި ކަމަށް ފަސޭހަ އަދި ރައްކާތެރި ޚިދުމަތެކެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 300 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑިލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓުރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ވެސް ކުރެވޭނެއެވެ. ދިރާގު ޕޭ އަށް ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރސް ބޭނުންކުރެވޭނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: