ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި

އެމްއެމްއޭ އިމާރާތް --- މާލޭގެ މަލަމަތި | ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އެމްއޭއީން ބުނީ ޑޮލަރު ދޫކުރާ މިންވަރު އިތުރުކުރުމަށް ނިންމާފައިވަނީ ބޭރު ފައިސާގެ ބާޒާރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް އެހީވެދިނުމަށްކަމަށެވެ. އަދި މިއަހަރު ނިމެންދެން މި ބަދަލަށް ޢަމަލުކުރަމުން ގެންދިއުމަށް އެމްއޭއިން ވަނީ ނިންމާފައެވެ.

އެމްއެމްއޭ އިން ބުނީ ކޮވިޑްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އެމްއޭއިން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން، ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު، ބޭންކުތައް މެދުވެރިކޮށް ދުކުރަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކޮވިޑްގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ލިބިފައިވާކަމަށާއި ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާއިރު އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ ނިޝާންތަކެއް މިހާރު ފެންނަމުންދާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: