ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވަށު ބަނދަރު ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މާވަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް މަޝްރޫއު ހިންގާ ކުންފުނި އެމްޓީސީސީއިން ބުނެފިއެވެ.

މާވަށުގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުގަލުގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިއަދު ވަނީ އަންލޯޑު ކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 550 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒްކޮށްފައިވަނީ 07 އޭޕްރީލް 2020 ގައިކަމަށް އެމްޓީސީސީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: