ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯރަފުށީ އެއާޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތަށް ފާލަމެއް ހަދަން ނިންމައިފި

ހއ.ހޯރަފުށީ އެއަރޕޯޓުގެ މަޝްރޫޢު ކުރިއަށްދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ހޯރަފުށީގެ  ތަރައްގީކުރަމުން އަންނަ އެއާޕޯޓަށް ވަކިން އަރައި ފޭބޭނެ ހެދުމަށް ގޮތް ހަމަޖެހިފައިވާ ކަމުގައި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ އެއަރޕޯޓަށް ވަކިން އަރައިފޭބޭނެ ގޮތްތަކެއް އަތޮޅުގެ އެހެން ރައްތަކަށް ފަހިކޮށް ދިނުމަށް ވަކި ފާލަމެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަމުން އަންނަ އެއާޕޯޓުގެ ބޮޑުބައެއް ނިމިފައިވާއިރު މިހާރު ކުރަމުން އަންނަނީ ޓާމިނަލްއާ ގުޅޭ ކަންކަމެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމަށްޓަކައި 842،200 އަކަ މީޓަރުގެ ބިން އެ ކުންފުނިން ވަނީ ހިއްކައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: