ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށިގެ މައްސަލަތަކުގައި ފިޔަވަޅު އެޅޭނީ ވާނުވާ ރަނގަޅަށް އެނގިގެން: އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްލައިމެޓްް ޗޭންޖާއި ގުޅިގެން ދިމާވާ ތިމަވެށީގެ މައްސަލަތަކުގައި ދާއިމީ ހައްލެއް ހޯދުމަށް ފިޔަވަޅެއް އެޅޭނީ، އެކަމުގެ ވާނުވާ ރަނގަޅަށް އެނގިގެންކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންްރާސްޓަރްކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މިއަދުގެ ޖަލްސާއަށް މިނިސްޓަރ އަސްލަމް ވަނީ ހާޒިރުކުރައްވާފައެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރި ވިއްސާރަގައި ލ.މާވަށަށް ވެފައިވާ ގެއްލުންތަކާއި، މާވަށަށް އުދަ އަރައި ސަރަހައްދު ހިމާޔަތްކުރުމަށް ކުޜާ މަސައްކަތްތަކާއި ގުޅޭގޮތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިނިސްޓަރ އަސްލަމަށް ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ ކްލައިމެޓް ޗޭންޖާއި ގުޅިގެން ފެން ބޮޑުވުމާއި އުދައަރާ މިންވަރާއި އަދި މިކަމުގެ ސަބަބުން ކުރާ އަސަރު ބޮޑުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ކަަންކަން ހިނގަމުންދާ ގޮތާއި އެކަމަށް ހައްލެއް ހޯދުމަށް ސައިންޓިފިކް ރިސާޗް ހެދުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަން ހިނގާ ގޮތް ރަނގަޅަށް އެނގިގެން ނޫނީ ފިޔަވަޅެއް އަޅައިފިނަމަ ނަތީޖާ ރަނގަޅު ވާނެކަމަކަށް ނުދެކޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ފެށޭނެ ދުވަހެއް އަދި ނިމޭނެ ދުވަހެއް ބުނަން އަދި އަވަސްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެންމެ ރަނގަޅު އިންޖިނިއަރިން ސޮލިޔުޝަންއަކީ ކޮބައިތޯ ބެލުމަށް އަންނަނީ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދިރާސާ ތަކުގެ ނަތީޖާއަށްފަހު މެނުވީ ފިޔަވަޅެއް އެޅުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށެވެ.

މިފަދަ ކަންކަމުން ދިމާވާ މައްސަލަތަކުގައި، އިމަޖެންސީ ހާލަތުގައި އެޓެންޑް ކުރަން ވަގުތީ ހައްލެއް އަބަދުވެސް ހޯދަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ މަސައްލަތަކުގައި ހައްލު ހޯދުމުގެ މަސައްކަތް ސީދާ މިވެނި ދުވަހެއްގަ ފަށާފައި މިވެނި ދުވަހެއްގައި ނިންމަން ބުނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ގްލޯބަލް މައްސަލަތަކުގައި ނުވަތަ ތިމާވެށިގެ މައްސަލަތަކުގައި ހައްލު ހޯދުމަށް މަސައްކަތް ފަށަން ޖެހޭނީ ވަރަށް ރަނގަޅަށް ދިރާސާކުރުމަށްފަހުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: