ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ: “އަމިއްލައަށް އެދިގެން” ދެ މީހަކަށް ރައްކާތެރިކަން!

ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި އޭރު މާލެ ތެރޭގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ދެ ފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށާއި ރައްކާތެރިކަމަށް އެދުނު ދެ މީހަކަށް ރައްކާތެރިކަން ދިނީ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ދެ ފިރިހެން ކުއްޖަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މީޑިއާތަކުގައި އާއި ސޯޝަލް މީޑިއާގައި ވާ ގޮތުން އެ މައްސަލަ ހުށަހަޅާފައިވަނީ މަޝްހޫރު ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ރިހުލާގެ މައްޗަށެވެ. އަދި ދެ ފިރިހެން ކުދިންގެ އާއިލާގެ ބައެއް މީހުން ވެސް ވަނީ ޔުނާން އާއި ރިހުލާއާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލާ މައްސަލަ ހުށަހެޅިތާ 24 ގަޑިއިރު ވެގެންދިޔައިރުވެސް އެ މީހުން ހައްޔަރު ނުކުރެވޭ ސަބަބާއި މެދު ސުވާލު އުފައްދާފައެވެ.

ޔުނާން އާއި ރިހުލާ ދެކޮޅަށް މި މައްސަލަ ހުށަހެޅީ އިއްޔެގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް މައްސަލައިގައި އެއްވެސް ޖަވާބެއް ލިބިފައިނުވާއިރު، މިއަދުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ޔުނާން ދިރިއުޅޭ އެޕާޓްމެންޓުގެ ކުރިމައްޗަށް އާއްމުންގެ ބަޔަކު ވަނީ އެއްވެ އަޑުއުފުލާފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތެރިވިއެވެ.

އިރުއޮއްސުނުފަހުން އެ ގެއިން ޔުނާން އާއި ރިހުލާ ނެރެގެން ގޮސް ފުލުހުންގެ ވެހިކަލްއަށް އެރުވިތަން އެވަގުތު އެތަނުގައި ތިބި ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ. މައްސަލައިގައި އެތައް ފަހަރެއްގެ މަތީން ނޫސްވެރިން މީޑިއާ ގްރޫޕުގައި ސުވާލު ކުރިނަމަވެސް ފުލުހުން އެއްވެސް ޖަވާބެއް ނުދެއެވެ. އަދި އޭގެ ފަހުން ކުރަމުން އައި ސުވާލުތަކަށް ބުނެފައިވަނީ ފުލުހުންގެ ވެހިކަލްގައި ގެންދިޔައީ “އަމިއްލަ ރައްކާތެރިކަމަށް އެދުނު ދެ މީހުން” ކަމަށެވެ.

މައުލޫމާތު ލިބޭގޮތުން ޔުނާން އާއި ރިހުލާގެ މައްޗަށް މި ތުހުމަތު ކުރަނީ ޔުނާންގެ އާއިލާގެ ބައެކެވެ.

މި މައްސަލައިގައި ޖެންޑާރ އިން ބުނެފައިވަނީ މައްސަލަ ރިޕޯޓު ކުރީ އިއްޔެ ކަމަށާއި، ފުލުހުންނާއި ގުޅިގެން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ޖެންޑާރ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: