ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިކުރާ މިސްކިތުގެ މައްސަލައިގައި މިނިސްޓްރީން ދޮގު މައުލޫމާތުދިންކަން ހާމަވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ އެ އެއްބަސްވުން ބާތިލްކުރުކުގައި އިސްލާމިކް މިނިސްޓްރީން ދޮގު މައުލޫމާތު ދިންކަން ހާމަވެއްޖެއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި “ދާރުލް ޒިކްރާ”ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ ޖުލައި 9، 2018 ގަ އެވެ. އަދި އެ އިމާރާތުގެ ފުރަތަމަ ތިންބުރި މިއަހަރުގެ ރޯދަ މަހަށް ނިމޭނެ ކަމަށް އޭރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެފައިވެއެވެ.

ޒިކުރާ މިސްކިތް އަޅަން އެސް ޖޭ ކޮންސްޓްރަކްޝަނާ ހަވާލު ކުރުމުގައި ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ ޑރ. އަހްމަދު ޒިޔާދު ބާގިރަށް ދައުވާކުރަން ކްރިމިނަލް ކޯޓަށްވެސް މިހާރުވަނީ ވަނީ ފޮނުވައިފައެވެ.

ޒިކުރާ މިސްކިތުގެ މައްސަލަ މިހިސާބަށް ގޮސްފައިވަނިކޮށް، އެމައްސަލައިގައި ބަންޑާރަ ނައިބުގެ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ލަފާދިން ލިޔުމުގެ ކޮޕީއެއްވަނީ އާންމުވެފައެވެ. އެ ލިޔުމުން އެނގޭ ގޮތުގައި ޒިކުރާ މިސްކިތުގެ މައްސަލައާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބަންޑާރަ ނައިބުގެ ލަފާއި ޚިލާފުވެފައިވާ ކަމާއި ދޮގު މައުލޫމާތު ދީފައިވާކަންވަނީ ހާމަވެއެވެ.

ދައުރުވަމުންދާ ލިޔުމަކީ ސައްޙަ ލިޔުމެއްކަން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކުވަނީ ކަށަވަރުކޮށްދީފައެވެ. އެ ލިޔުމުގައިވާ ގޮތުން އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއި ކުރި އެއްބަސްވުން އުވާލީ ބަންޑާރަނައިބު ދެއްވި ލަފަޔާ ހިލާފަށެވެ.

ލިޔުމުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުން މިނިސްޓްރީއަށް ލަފާ ދީފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުން ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018ގަ އެވެ.

އޭޖީގެ ލަފާގައި ފާހަގަކޮށްފައިވާ ގޮތުން ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށެވެ.

އެއްބަސްވާ ކަމެއް ފުރިހަމަނުވެ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ދެ ފަރާތުން މަޝްވަރާ ކޮށްގެން، 30 ދުވަހުގެ ތެރޭގައި މައްސަލަ ހައްލު ކުރުން ނުވަތަ ކޯޓަށް ހުށަހެޅިދާނެކަމަށް، އެ އެއްބަސްވުމުގައި ބަޔާންކުރާކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަ ކުރިއެވެ.

މީގެ އިތުރުން ލަފާދީފައިވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން 30 ދުވަހުގެ މުހުލަތެއްގައި މަސައްކަތް ކުރުން ރަނގަޅު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު “ސަންގު”އަށް ވިދާޅުވީ އެ އެއްބަސްވުން އުވާލީ 30 ދުވަސް ހަމަވުމުގެ ކުރިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ފެންމަތީ އެހިސާބުންނެވެ. އަދި އެއްބަސް އުވާލުމުގެ ކުރިން ކޮންޓްރެކްޓަރާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.

އެއްބަސްވުމަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ ކުރެހުންތައް އެސްޖޭން ހުށަހަޅާފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނާ ކަމަށް ބަންޑާރަ ނައިބުގެ ލަފާގައި ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އެސްޖޭގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅު ކުރެހުމަށް ޖަވާބެއް ނުލިބިގެން ނޮވެމްބަރު 12، 2018 ގައި އެކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެއެވެ. މީގެ އިތުރުންވެސް އެއްބަސްވުމާއި އެއްގޮތަށް މިނިސްޓްރީން ދޭންޖެހޭ މައުލޫމާތު ފޯރުކޮށްނުދީގެން ކުރެހުންތައް ހެދުމަށް ދަތިތައް ދިމާވިކަން ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

އޮފިޝަލް ވިދާޅުވީ އެއްބަސްވުން އުވާލީ ބަންޑާރަ ނައިބުގެ އޮފީހުން ދެއްވި ލަފާގައި ފާހަގަކުރެއްވި 30 ދުވަސް ހަމަވާން ދެތިން ދުވަހަށް ވެފައިވަނިކޮށް ކަމަށެވެ. އާންމުވި ލިޔުމުން އެނގޭ ގޮތުގައި ޒިކުރާ މިސްކިތުގެ މައްސަލައިގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުވެސް އިތުރުފުޅު ހައްދަވާފައެވެ.

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެއްބަސްވުން ބާތިލް ކުރަން ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް، އެފަދަ ލަފައެއް ބަންޑާރަ ނައިބުގެ އޮފީހުން ދީފައިނުވާ އެ ލިޔުމުން އެނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮވިޑުވަގު ސަރުކާރުން ވައްކަން ކޮއްފައި އަނެކުން ގެ ބޮލުގައި އަޅުވާނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: