ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެނބެމުން ދިޔަ ދެ މީހަކު ސަލާމަތް ކުރުމުން ޒަކިއްޓެއަށް ގިނަ ބައެއްގެ ތައުރީފް!

ހަސަން އިރުފާން (ޒަކިއްޓެ) --- ފޮޓޯ : ޒަކިއްޓެ / ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ލަވަކިޔުންތެރިޔާ ހުސެއިން އިރުފާން (ޒަކިއްޓެ)، ހުޅުމާލެ ޓްރެކް ސަރަހައްދުގައި ގެނބެމުން ދިޔަ ދެ މީހަކު ސަލާމަތް ކޮށްފިއެވެ.

“އެމްވީ ކްރައިއިސް” އިން ރިޕޯޓު ކޮށްފައިވަނިކޮށް އެ ހަބަރު ރިޓްވީޓު ކޮށް ޒަކިއްޓެ ބުނީ މޫދުގައި އެއްވެސް މީހަކު އެހީއަށް އެދި ގޮވާ ނަމަ ބަލަހައްޓައިގެން ނުތިބުމަށް އެދޭ ކަމަށެވެ.

“މޫދަކީ ތިމާގެ އެންމެ ގާތް ރަހުމަތްތެރިއަކަށް ވިޔަސް ބައެއް ފަހަރު އެންމެ ނުބައި ދުޝްމަނަށް ވެސް ވެދާނެ.” ޒަކިއްޓެ ބުންޏެވެ.

ޒަކިއްޓެ ވަނީ މޫދުގައި ބަލައިގެން އުޅުމަށް އިލްތިމާސް ކޮށްފައެވެ.

މޯލްޑިވިއަން އައިޑަލް އިން ތައާރަފްވެ ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި ޒަކިއްޓެ ދާދި ފަހުން ބުނެފައިވަނީ މި ދުވަސްވަރު އެއްވެސް ވަރަކަށް ގިގް އެއް ނުވަތަ ލަވަ ކިޔުމުގެ މަސައްކަތެއްވެސް ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން މާލީ ގޮތުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ޒަކިއްޓެ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް އަގަށް ލަވަ ކިޔައިދޭން ނިންމައިފައެވެ. އެގޮތުން ފޭނުން ނުވަތަ އޭނާގެ އިންސްޓަގްރާމް ފޮލޮވަރުން އޭނާ އަށް ލަވައެއް ރިކުއެސްޓު ކުރުމުން އެ ލަވައެއް ކިޔައި ނުވަތަ ޕްރައިވެޓް ކޮށް ފޮނުވުމަށް ޒަކިއްޓެ ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 26%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: