ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހިވަށް: ރަހަ ނުބަޔަސް، ގިނަ ބަލިތަކަށް ފަރުވާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަހިވަކަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމު ތަކުގައި ހެދޭ ކާއެއްޗެކެވެ. ބައެއް ގައުމު ތަކުގައި މޭވާއެއްގެ ގޮތުގައި ބެލެވިފައިވާ އެއްޗެއް ވެސް މެއެވެ. އަހިވައް ހެދެނީ ބޯ ޖަންގަލި ތަކުގައިކަން ފާހަގަ ކުރެވެއެވެ. ހަމަމިހެން އައްސޭރި ފަށުގެ ހިސާބު ތަކާއި ހޫނު ގައުމުތަކުގައި ވެސް އަހިވައް ހެދޭކަން ފާހަގަ ކުރެވެއެވެ.

އަހިވަށް ގަސް ހެދިބޮޑުވެ މޭވާ އެޅުމަށް ނަގަނީ 18 މަސް ދުވަހެވެ. މަހެއްގެ ތެރޭގައި 8-4 ކިލޯގެ އަހިވައް ދޮންވެ ފައްކާވެއެވެ. 9 މީޓަރުގެ އުސްމިނަށް ވެސް އަހިވައް ގަސް ހެދޭކަން ފާހަގަކުރެވެއެވެ. އަހިވައް ގަހުގެ ފަތަކީ ގަދަ ފެހި ކުލައަށް ހުންނަ ފަތެކެވެ. ފަތުގައި ހުންނަ ނާރުތައް ވަރަށް ރީތިކޮށް އެގެން ހުރެއެވެ.

މުޅި އަހަރުގެ ތެރޭގައި މޭވާ އަޅާކަމަށް ފާހަގަ ކުރެވޭ އަހިވައް ގަހުގެ މާ ހުންނަނީ ކުދިކުދިކޮށް ހުދުކުލައިގައެވެ. އަހިވައް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. 7-4 ސެންޓިމީޓަރު އާދައިގެ އަހިވަކެއްގެ ބޮޑު މިނުގައި ހުރެއެވެ.

އަދި ހަމަ އެހެންމެ އަހިވަކުންލިބޭ ސިއްޙީ ފައިދާތަށް ވެސް ގިނަ ގުނަ އެެވެ. ހުތްފޮނި އަދި ކުޅި ރަހައެއްދޭ މި މޭވާ ހާބަނޑާހުރެ ކޮންމެ ދުވަހަކު ބޭނުން ކުރާ ކަމަށްވާނަމަ ހަށިގަނޑުގެ އެތެރޭގައި އުފެދޭ ވައިގެ އުދަގޫތައް ލުއިކޮށްދެއެވެ. އޭގައި ހުންނަ ރަހައާއި ޒާތެއްގެ ކުޅިކަން ފިލުވާލުމަށް ބައެއް މީހުން ހަކުރުއަޅައިގެން މޮޑެގެން ބޭނުންކުރެއެވެ. އަނެއްބައި މީހުން ޖޫސްގިރައިގެން ބޭނުންކުރެއެވެ. އަހިވައް ޖޫސް ގަވާއިދުން ބޭނުންކުރާ މީހުންގެ ހަޖަމްކުރާ ނިޒާމް ރަނގަޅުކޮށްދެއެވެ.

އެގޮތުން އަހިވަށް ފަނި ބޭނުންކުރުމަކީ އޭގައި ހިމެނޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ކެންސަރާއި ޓިއުމަރު އުފެއްދުމާއި ދެކޮޅަށް މަސައްކަތް ކުރާކަމެކެވެ. އަދި އަހިވަކުގައި ހިމެނޭ އެންތްރަކިނޯންގެ ސަބަބުން ގައިގަ އުފެދޭ ފާރުގަނޑުތަކުގައި ހުންނަ ޖަރާސީމްތަކުގެ އަސަރު ދުއްވާލައެވެ.

އަހިވަކަކީ ދީފާއި ބާރު ވަރުގަދަކުރުމަށާއި ދުޅަ ތަކާއި ދެކޮޅަށް މަސައްކަތްކޮށްދޭ މޭވާއެކެވެ. އަދި މި މޭވާއަކީ ނެޗުރަލް ޕޭން ކިލާއެއްވެސްމެއެވެ. އަހިވަކުގައި ހިމެނޭ އެކްސްޓްރެކްޓް ގެ ސަބަބުން ތަދުކަނޑުވައިދީ ހުޅުތައް ދުޅަވުމުގެ ބަލިތައް ޖެހުމުން ހުޅުހަލާކުވާ މިންވަރު ދައްކޮށްދޭ އެއްޗެކަމުގައެވެ. މިއީ ތަފާތު ބަލިތައް ޖެހިފައިވާ މީހުންނާއި ދިގުމުއްދަތަށް ބަލިވުމުގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.

އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް، ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި، ފަންގަސްގެ ޖަރާސީމް އެޅުން، ބޮލުގެ ހަމުގެ ބަލިތަކަށް ފަރުވާކޮށްފައި ވެއެވެ. މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ، ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ. އަދި އިސްތަށިގަނޑު ބޯ ކޮށް ވަރުގަދަ ކޮށްދެއެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: