ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ތުރުކީލިވާތުން ހަ މީހަކަށް ދަޢުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމާލް ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ތުރުކީލިވާތުން ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް ދަޢުވާކޮށްފިއެވެ.

2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސުލޭޓުގައި މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި ތުރުކީވިލާތުންވަނީ ޝަރީޢަތެއް ފަށައިފައެވެ.

އޭނާގެ މަރުގެ މައްސަލައިގައި ހިމެނޭކަމަށް ޝައްކުކުރެވޭ ސަޢުދީ ޢަރަބިއްޔާގެ އިތުރު ހަ މީހަކާ ދެކޮޅަށް މިހާރު އައު ދަޢުވާތައް އުފުލައިފައިވާކަމަށް ތުރުކީވިލާތުގެ ދަޢުލަތުގެ ނޫސް އިދާރާއިން ބުންޏެވެ.

އެ ނޫހުގައި ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ދެ މީހުންނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ މަޢާފު ނުލިބޭގޮތަށް އުމުރަށް ޖަލަށްލެވޭނެއެވެ.

ބާކީތިބި ހަތަރު މީހުންނާ ދެކޮޅަށް ކޮށްފައިވާ ދަޢުވާތައް ސާބިތުވެއްޖެނަމަ ގިނަވެގެން ފަސް އަހަރު ދުވަސް ޖަލުގައި ހޭދަކުރަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: