ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތައް ކަމަކާއި ވިސްނިއްޖެ، ދެން ބޭނުމީ ދިރިއުޅުމަށް ފަރުވާއެއް!

ރާއްޖޭގެ ރަށެއްގައި ކުޑަކުދިން ކުޅެންތިބި މަންޒަރު/ ފޮޓޯ؛ އިބްރާހިމް ސުޖާއު (ޖަންކީ) ނަގާފައިވާ ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކު ވެސް އުޅެމުން އައީ ވަރަށް ފަސޭހަ ދިރިއުޅުމެއްގައެވެ. ހަޔާތުގެ ކޮންމެ ދުވަހެއް ވެސް ހޭދަ ކުރަމުން ދިޔައީ، ކޮންމެވެސް މަޖަލެއްގެ ތެރޭގައެވެ. އެއްބަޔަކު ދުވަސްތައް ހޭދަ ކުރީ ވަޒީފާގެ ތެރޭގައި، އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ތިމާ މަސައްކަތް ކުރާ ކުންފުންޏަކީ އެއީ، ނުވަތަ މުވައްސަސާއެއީ ދިރިއުޅުމުގެ އެއްބައިކަމަށް ދެކިގެން ކުރަމުން އައި މަސައްކަތުގެ ސަބަބުން، ކިތަންމެހާ ވެސް ރައްޓެހިންނަކާއި ދުރުވެ ގެއްލިއްޖެއެވެ.

އެންމެ ފަހުން އާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، މައިންބަފައިންނާއި ލޯބިން ވާހަކަ ދައްކާލި ދުވަހެއް ވެސް ހަނދާނެއް ނެތެވެ. އެއީ އެއްގޮތަކަށް ވެސް އެކަންކަމާއި މެދު ފޫހި ވާތީ އެއް ނޫނެވެ. އަހަރެމެން އެންމެންގެ ބަހުން ބުނާނަމަ ވަގުތު ނުވަނީއެވެ. ލިބޭ ކުޑަ ވަގުތުކޮޅުގައި ވެސް އިހުތިޔާރު ކުރެވެނީ، އާއިލާއާއި މައިންބަފައިންގެ މައްޗަށް ކޮފީ މޭޒަކުން ދިމާވާނެ ރައްޓެއްސެކެވެ. އެހެން ނޫނީ، މާފަހަކުން ނެރެގެން އުޅޭ ކޮންމެވެސް ސީރީސް/ފިލްމެކެވެ.

މިއީ އެ ދުވަހުގެ އާދައެވެ. ކޮފީއެއްގައި ތިމާ ހުއްޓައި މަންމަ އެހެން ނޫނީ ބައްޕަށް ގުޅާލުމުން އެ ފޯނު އަނބުރާ ޖީބަށް ލެވެއެވެ. ތިމާއަށްޓަކައި އެތައް ވޭނެއް ތަހައްމަލު ކުރި މަންމަ އާއި، ބައްޕަ ދޭ ނަސޭހަތަށް އެތައް ދުވަހަކު ބީރު ކަންފަތެއް ވެސް ދެވުނެވެ. ގިނަ ފަހަރަށް ހަރު އަޑުން ވާހަކަ ދައްކައި، ކަންފަތްމައްޗަށް ފޯނު ވެސް ކަނޑާލެވެނީއެވެ. ގޯސް ރައްޓެހިންނާއި އެކީ ނޫޅުމަށާއި، ބޭކަރު ގޮތުގައި ތިމާއަށް ލިބޭ މުސާރަ ދުއްވާނުލުމަށް އެދުމުން އެއީ އެ މީހުންނަކާއި ބެހޭ ކަމެއް ނޫނޭ ބުނެވޭ އެތައް ދުވަހެއް ދެއެވެ. ރައްޓެހިންނަށްޓަކާ، ރެސްޓޯރަންޓަކަށް އެތައް ސަތޭކަ ރުފިޔާއެއް ހަރަދު ކުރެވޭއިރު މައިންބަފައިންނަޓަކާ ކަންމަތީ ފިހާރައިން ސެންޓުފުޅިއެއް ހާ މިނުންވެސް ގަނެވޭނެހާ ހިއްވަރެއް ނެތެވެ.

މިހެންގޮސް ކިތަންމެހާ ވެސް ވާހަކައެއް ދެކެވިދާނެއެވެ. ތިމާ އުޅެ ބޮޑުވަމުން އައިއިރު، ދެކުނު ހުވަފެން ލޯމައްޗަށް ގެއްލިގެން ދާއިރު ވެސް އުޅެ އުޅެ ދިރިއުޅުން އާ ފެށުމަކުން ނުފެށެއެވެ. “މާދަމާ އަކަށް” މަޑު ކުރެވެނީއެވެ. ވަޒީފާއަށް ފަރުވާތެރިވެ، ތައުލީމު ފުރިހަމަ ކުރުމުން ހިތުއަޅައިގެން އެއް ރޭ، ނިދާ އަނެއް ދުވަހު ހޭލާއިރު އޭގެ މަތީން ހަނދާނެއް ނުހުރެއެވެ. ކޮލެޖުގެ ދުވަސްތައް ހޭދަ ކުރިއިރު، ކުލާހަށް ދިއުމުގެ ބަދަލުގައި އުޅެވުނީ ކްލާހުން ބޭރުގައެވެ. އެތައް ހާސް ފައިސާއެއް ބޭކާރު ގޮތުގައި ހަރަދުކޮށް ދުވަސްތައް ހޭދަ ކުރީ، ދެން އަންނަ ސެމިސްޓާއެއްގައި ފިލާވަޅުތައް ދަސްކުރާނެ ކަމަށް ވިސްނައިގެންނެވެ. ކޮންމެވެސް ރައްޓެއްސަކާއި އެކު، “ގްރޫޕް ސްޓަޑީއެއް” ޕްލޭން ކުރުމަށް ވާހަކަ ދައްކައިގެންނެވެ. އަހަރު ނިމިގެން ދަނީ، އެކަމެއް ނުވެއެވެ.

ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު

ބޭނުންވަނީ ފަރުވާއެއް!

ގައުމުގެ ހާލަތު މިއަދު ތަފާތެވެ. ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ މާޔޫސް މޫނުތަކެކެވެ. ވަޒީފާގެ ކުރިއެރުންތަކާއި، މަތީ ތައުލީމުގެ ބޮޑެތި ސެޓިފެޓުތަކާއި އެކު ވެސް ހިތަށް ލިބޭ ހިތްހަމަޖެހުމެއް ނެތް ކަހަލައެވެ. ކޮންމެ މީހަކު ވެސް ދަނީ، އެހެން ބަޔަކަށް އިހުސާސްވެސް ނުކުރެވޭނެ ވަރުގެ ވޭންތަކެއް ނަގަމުންނެވެ. ކުރުގޮތަކަށް ބުނާނަމަ ކަންކަމާއި މާޔޫސްވެ، ހާސްވުމާއި ބިރުގަތުމެވެ.

ދިވެހިންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުނަމަވެސް، މިއީ މުޖްތަމައު ހޭލުންތެރިވެފައިވާ ކަންތަކެއް ނޫނެވެ. މީގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އެތައް އަސަރުތަކެއްކޮށްފިއެވެ. އެކަނިވެރިކަން އިހުސާސް ކުރެވޭ ވަގުތުތަކުގައި ކައިރީގައި މީހަކު ނުހުރެއެވެ. އަޅާލާ، ތިމާ ދައްކާ ވާހަކައަށް ސަމާލުކަމެއް ދޭނެ މީހެއް ނެތެވެ. ބިރު ގަންނަނީ އެވެ. އެއީ ތިމާއަށް މަލާމަތް ކުރުމާއި، ތިމާ ނެތް ތަންތާނގައި ދައްކަފާނެ ވާހަކައަކަށް ވީތީއެވެ.

ގާތް ރައްޓެހިން އެއީ މިއަދު ބީރައްޓެހިންނެވެ. އެކުގައި ވަގުތު ހޭދަ ކުރުމާއި، އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް އެކީ ހީ ސަކަރާތް ޖެހުމާއި، ކޮފީތަކަށް ދިއުން އަދި ކާން ދިއުން ހުއްޓިއްޖެއެވެ. އެއްގޮތަކަށް ވެސް އެ މީހުން ދެކެ، ރުޅި އައިސް ފޫހި ވަނީއެއް ނޫނެވެ. ހަމަ ވާހަކަ ދައްކާހިތް ނުވަނީއެވެ. ބައެއް ފަހަރު އެހެން ބަޔަކާއި އެކީ ވެސް ވަގުތު ހޭދަ ކުރެވޭ ފަހަރު އާދެއެވެ. އަދި އެއީ މައްސަލައެއް ވެސް ނޫނެވެ. ތިމާއާއި ގާތް ބައެއްގެ ހައިސިއްޔަތުން އެކަން، ދެނެގަންނަން ޖެހޭނެ ބަޔަކީ ބައެއް ފަހަރު ރައްޓެހިންނެވެ. އެއީ އެ މީހުންނާއި ބައެއް ވާހަކަތައް ހިއްސާ ނުކުރިޔަސް މެއެވެ.

ރާއްޖޭގައި ނަފްސާނީ ބަލިތައް އިތުރު، އެހެން ނަމަވެސް މިކަމަށް މުޖްތަމައު ހޭލުންތެރިއެއް ނޫން/ ފޮޓޯ: ގޫގުލް

ދިރިއުޅުމުގައި ދިމާވާ އެތައް ދައްޗަކަށް ހައްލެއް ބޭނުންވެއެވެ. އެހީތެރިކަމާއި، އަޅާލުމާއި ލޯބި ބޭނުންވާ އެތައް ބަޔަކު އެބަ ތިއްބެވެ. އާރާއި ބާރާއި، ނުފޫޒު އެއީ އެއްވެސް އެއްޗެއް ނޫނެވެ. ތިމާއަށް ދެނީ ވަގުތީ އުފަލާއި އަރާމު އެކަންޏެވެ. އެހެން މީހެއްގެ ހައްގެއް، އުފަލެއް ނިގުޅައިގެނގެން ލިބޭނީ ވަކި ކޮން އުފަލެއް ބާއެވެ. ލިބޭނެ އެއްވެސް ކުރިއެރުމެއް ވެސް ނެތެވެ. އެހެން މީހާ ކުރާ މަސައްކަތަށް، މަލާމާތްކޮށްގެން، ލިބޭ އުފަކީ ދެން ހުންނަ މީހާގެ މުޅި ނަފްސު ހަލާކުކޮށްލާ ކަމެއްކަން ނުވިސްނެނީ ކީއްވެގެން ބާއެވެ.

އެހެން މީހުންނަށް ބަދު ބަސްތައް ނުބުނަންވީ ސަބަބުތައް ވަރަށް ބައިވަރެވެ. “މޫޑް އޮފް” ވުން އެއީ އެހެން މީހާ ދަށްކޮށްލާ، އަޑު ހަރުކުރަން އޮތް ހުއްޖަތެއް ވެސް ނޫނެވެ. ކުޑަ އިރުން ފެށިގެން ދެކެމުން އައި ހުވަފެނަކީ އެއީ ހަގީގަތެއް ނޫންކަމަށް ބުނަން މަސައްކަތް ކުރަ މީހާއަށް، ހުވަފެންތައް ހަގީގަތަކަށް ވުން އެއީ ކިހާވަރެއްގެ ކުރިއެރުމެއްކަމެއް ނޭނގޭނެއެވެ. އެހާހިސާބަށް އަންނަން އޭނާ ގަދައަޅާ ކުރި މަސައްކަތާއި، ކުރި ހިތާމަ ހިތަށް ގެނެވޭނެ އިންސާނެއް ނުހުންނާއެވެ. ތިމާގެ ކުރިއެރުމަށް މާތް ރަސްކަލާންގެ ހަޒްރަތުގައި ކުރި ދުއާ، އިނގޭނެ އިތުރު އިންސާނެއް ނުހުންނާނެއެވެ.

ހިތް މާޔޫސް ކުރުވާ މިފަދަ އެތައް ވާހަކައެއް ދެއްކިދާނެއެވެ. ސާފު ޖައްވެއްގައި ނޭވާލާން ބޭނުންވެއެވެ. ދެކުނު ހުވަފެންތަކުގައި ކުލަޖައްސާ އެ ހަގީގަތަކަށް ހަދަން ބޭނުމެވެ. ތިމާ ލޯ ކުރިމަތީގައި، އެކަމަށް ގަދައަޅާ ކުރި މަސައްކަތަކުން ދަށްވެގެންދާތަން ފެނުމަކީ އެތަކެއް ވޭނެއް ހުރިކަމެކެވެ. ހަށިގަނޑުގެ ދުޅަހެޔޮކަން މުހިންމަސް، އެކަމަށް މިއަދު އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރެވެއެވެ. ފާގަތި ދިރިއުޅުމަކަށް، އުފާ ބޭނުންވެއެވެ. ކޮންމެ ދުވަހަކު ބޮލު ތެރޭގައި ހިނގާ ކަންތަކަށް ބޭނުންވަނީ އަވަސް ފަރުވާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: