ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް!

ވެކްސިން އުފައްދާ މަރުކަޒެއް --- ފޮޓޯ ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 ޖެހިގެން ދުނިޔޭގެ އެކި ތަންކޮޅުތަކުން ޖުމްލަ މަރުވި މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން އެންމެފަހުން އާއްމުކޮށްފައިވާ މަަޢުލޫމާތަށް ބަލާއިރު، މި މި ވައިރަސް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް މިހާރު ވަނީ ފެތުރިފައިވާއިރު, އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދަނީ އެމެރިކާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި، ޔޫރަޕްގެ ޤައުމުތަކުގައެވެ.

ކޯވިޑް-19ގެ ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، މި ބަލި ޖެހިފައިވާ މީހުންނާއި، ބަލީގައި މަރުވި މީހުންގެ ޢަދަދުވެސް އެންމެ މަތީގައި އުޅެނީ އެމެރިކާގައެވެ.

އެގޮތުން އެމެރިކާގައި 7.3 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، އެ ޤައުމުން އެކަނިވެސް ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 4.5 މިލިއަނަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 2.5 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ.

އެމެރިކާގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ ކެލިފޯނިއާ އާއި، ޓެކްސަސް އާއި، ފްލޮރިޑާ އަދި ނިއުޔޯކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: