ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނި ރޫޅާލުން: ދަރިންނަށް ދެވޭ ބޮޑު އަނިޔާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދެމަފިރިޔަކު ކައިވެނީގެ ގުޅުމަކުން ގުޅޭނީ މިއަދު ކައިވެނި ކުރުމަށްފަހު މާދަމާ ވަރި ވުމަކަށް ނޫނެވެ. ގިނަ ހުވަފެން ތަކަކާއި އެކު އެކަކު އަނެކަކު އެކީގައި ދިރިއުޅުމެއް ބިނާ ކުރުމަށެވެ. ނަމަވެސް ރާއްޖޭގެ މިއަދުގެ ހާލަތަށް ނަޒަރު ހިންގާލާއިރު ކައިވެޏަށްފަހު ދެމަފިރިއަކު ކުރިމަތިލާން ޖެހޭ ގޮންޖެހުންތަށް އެހާމެ ގިނައެވެ. ހާއްސަކޮށް ޅައުމުރުގައި ކައިވެނި ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަށް ދެގުނައެވެ. ދިރިއުޅުމުގެ ގަދަ ކަނޑަށް ރަގަނޅަށް ތައްޔާރުނުވެ ކައިވެނީގެ އޮޑީގައި، މާސިންގާ ރާޅު ތަކުގެ ތެރޭ ދަތުރުފެށުމާއެކު ކައިވެނީގެ “ގޮށް” މޮހިގެން ދާލެއް ދާދި އަވަހެވެ. ނަތީޖާއެއްގެ ގޮތުން ވަރި އަކީ ދިވެހި މުޖުތަމައުގައި އާންމު ކަމަކަށް ވެއްޖެއެވެ.

މައިންބަފައިން ވަކިވުުމުގެ ސަބަބުން އެ ހިތާމައިން އަަރައިނުގަނެވި، މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ކިތައް ކުދިން އެބަތިބި ތޯއެވެ؟ އެކަމުގެ ސަބަބުން މަގުމަތިވެ ދިޔައީ މާދަމާ މިގައުމަށް ހިދުމަށް ކޮށްދޭން ތިބި ދަރިންނެއްނޫންތޯއެވެ؟ އެއްވެސް ކުށެއްނެތް ކިތައް ޅަދަރީން، ބައްޕަ އެއްގެ ލޯބިން މަހުރޫމު ވެފައި އެބަތިބިތޯއެވެ.؟

ދަރިންނަކީ ﷲ ތިޔަދެމަފިރިންނަށް ދެއްވާފައިވާ އަމާނާތެކެވެ. އެހެންނަމަވެސް ވަރި އަކީ ” ކުޅޭ ކުޅިވަރަކަށް” ހަދާ، ތިޔަ މަންމައާއި ބައްޕަ ހުޅުދާންކުރި ރޯޝަނީ ހަޔާތުގެ އަލި ނިއްވާލުމާއެކު، އެ ދަރިފުޅަށް ލިބުނު ގިލަންވެރިކަމުން ދުވަހަކުވެސް އަރައިގަނެވިދާނެ ކަމަށް އުންމީދުނުކުރާށެވެ.

ދަރިން ލިބުމަށްފަހު، ކުޅޭ ކުޅިވަރެއް ހެން ވަރި އާއި ހަމައަށް ދާއިރު މާދަމާ މި ގައުމުގެ މުސްތަގުބަލް އުޖާލާކޮށްދޭން ތިބީ ތިމަންމެންގެ ދަރީންކަން ހަދާންކުރާށެވެ. ދަރިންގެ ކުރިމަތީގައި ދެމަފިރިން ޒުވާބުކޮށް އަރާރުންވާއިރު، މާދަމާ ތިމާމެންގެ ދަރިފުޅު ފުރާފުރިހަމަވެ ޒަވާޖީ ހަޔާތެއް ފަށާއިރު އެދަރިން ނަމޫނާއަކަށް ބަލާނީ ކުޑައިރުއްސުރެ އެ ދަރިފުޅުގެ މަންމައާއި ބައްޕަ ދައްކަމުން ތިދާ މަންޒަރުތައް ކަން ހަދާން ކުރާށެވެ.

މައިންބަފައިންގެ ލޯބިން މަހުޜޫމުވެ ބޮޑުވަމުން އަންނަ ދަރީގެ ހިތުގެ ވޭނާއި ތަދު އެންމެ ރަގަނޅަށް އިނގޭނެ ބަޔަކީވެސް ހަމަ ތިޔަ މައިންބަފައިންނެވެ. އެހެންނަމަވެސް ދުނިޔޭގެ އެދުންތަކަށް ދީލިގެން ގޮސް ”ވަރި“ އަކީ ކުޅޭ ކުޅިވަރެއް ފަދައިން ކުޅޭ އެއްޗަކަށް ހަދައިލި އިރު އެ ދަރިފުޅަށް ލިބޭނެ ވޭނާއި ހިތްދަތި ކަމާމެދު ވިސްނާނުލީ ކީއްވެގެން ހެއްޔެވެ.؟

އެދަރިންނަކީ އާލަމްތަކުގެވެރި މަތް ﷲ ސުބުހާނަހޫ ވަތައާލާ ތިޔަ ދެމައިންނަށް ދެއްވަވާފައިވާ އަމާނާތެކެވެ. ވީ އިރު މަންމަ ނުވަތަ ބައްޕައެއްގެ ލޯބިން އެ ދަރިފުޅު މަހުރޫމުކޮށްލުމުގެ ކުރިން އެއްވެސް ކުށެއްނެތް އެ ދަރިފުޅުގެ މުސްތަގުބަލާ މެދު ރަގަޅަށް ވިސްނާލާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: