ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންކެޔޮ: ކަންބޮޑުވުމާ ހާސް ކަން ފިލުވާލުމަށް މޮޅު ފަރުވާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދޮންކެޔޮ އަކީ ދޮންނުވާއިރު ފަލަމަޑީގެ ގޮތުގައި ބޭނުންކުރާ، ދޮންވުމުން މޭވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ދޮންކޭލުގެ ބާވަތްތަކުގެ ތެރޭގައި ބޮންތިރަތްކެޔޮ،ސަންޕާކެޔޮ، ފުސްކެޔޮ، މާޅޮސްކެޔޮ، ބޮޑުކެޔޮ، އޮށިކެޔޮ، ރަތްކެޔޮ، ކަނދިލިކެޔޮ، ސުވާސާކެޔޮ، ފުސްމާޅޮސްކެޔޮ، ފަދަ ވައްތަރުތައް ހިމެނެއެވެ. މިހުރިހާ ވައްތަރެއްގެ ދޮންކެޔޮ ވެސް ރާއްޖޭގައި ހުރެއެވެ.

ދޮންކެޔޮ އަކީ ހަށިގަނޑަށް ފައިދާހުރި އަނގަޔަށް މީރު މޭވާއެއްގެ ގޮތުގައި ބެލެވޭ އެއްޗެކެވެ. ޚާއްޞަކޮށް ލޭމަދުވުން ފަދަ ބަލިތައް ހުންނަ މީހުންނަށް ދޮންކެޔޮ ބޭނުންކުރުމަށް އިރުޝާދު ދެވެއެވެ.

ސިއްޙީ އެތަށް ފައިދާތަކެއް ލިބޭ ދޮންކެޔޮލުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކީ ދޮންކޭލަކީ، ކަންބޮޑުވުމާއި ހާސްކަން ފިލުވާލުމަށް މޮޅު ފަރުވާއެކެވެ. ކަންބޮޑުވެ ހާސްވާކަހަލަ ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަސް ފަރުވާ އަކީ ދޮންކެޔޮ ކެއުންކެއުންކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

މީގެ އިތުރުން ދޮންކޭލަކީ މާޔޫސްވުމުގެ ބަލި ( ޑިޕްރެޝަން ) ، ކިޑްނީ ކެންސަރ ،ކަށީގެ ބަލިތައް ، ލޯ އަނދިރިވުން ، ހެނދުނު ހޭލާއިރު ވާ އުނދަގޫތައް، މިސާލަކަށް ކިބިހި އެޅުން، ބޮލުގައި ރިއްސާ ގޮތްވުން ، ހުންވައްތަރުވެ ކަންނެތް ވެފާ ހުރުން ފަދަ ބަލިތަކުން ދިފާއު ކޮށްދޭ މޭވާއެކެވެ.

ދޮންކޭލުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އުފައްދައިދެއެވެ. ދޮންކޭލުގައި ވިޓަމިންގެ އިތުރުން މިނެރަލްސް އާއި ކާބޯ ހައިޑްރޭޓްސް އެކުލެވިފައިވުމުން ގުދުރަތީ ހަކަތަ އުފައްދައިދެއެވެ. ހަމަ އެހެންމެ ހަށިގަނޑަށް ބޭނުންވާ ގުދުރަތީ ހަކުރުގެ ތިން ބާވަތް އެކުލެވިގެންވާތީ ހަކަތަ ހޯދުމަށް ދޮންކޭލާ ވާދަކުރެވޭވަރުގެ އެހެން މޭވާއެއް ނުހުންނާނެއެވެ.  ދެވަށް ދޮންކޭލުގައި 90 މިނިޓް ވަންދެން ކަސްރަތު ކުރެވޭ ވަރުގެ ހަކަތަ ހުންނާނެއެވެ. ހަކަތަ ބޭނުންވާ ކަމެއް ނުވަތަ މަސައްކަތެއް ކުރަން ބޭނުންވެއްޖެނަމަ ދެވަށް ދޮންކެޔޮކާން ހަނދާން ބަހައްޓާށެވެ،. ވަރުބަލި ނުވެ ގިނަ ވަގުތު އެމަސައްކަތުގައި އުޅޭވޭނެއެވެ.

ދޮންކޭލުގެ ފައިދާ އަށް ބަލާ އިރު އެއީ ދަގަނޑު ވަރަށް ގިނައިން އެކުލެވޭ މޭވާއެވެ. ލޭމަދުވުމުން ބޭނުންކުރެވިދާނެ ރަނގަޅު މޭވާ އެކެވެ.
މީގެ އިތުރުން ދޮންކޭލުގައި ހިމެނޭ ވިޓަމިން ބީ 6 އަކީ ހަށިގަނޑަށް ވަންނަ ބީރައްޓަހި މާއްދާތަކާ ދެކޮޅަށް ހަށިގަނޑު ދިފާއުކުރުމަށް ބޭނުންވާ އެންޓިބޮޑީޒް ތައް އުފައްދައިދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ބޭރަށް ހިންގުމުގެ ސަބަބުން ބީވެގެންދާ ލޮނުގެ ބައި ފޫބެއްދުމަށް ވެސް ދޮންކެޔޮ ވަރެެއް ނެތެވެ. މީގެ އިތުރުން ޕޮޓޭސިއަމް އަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ހުރުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެ ބާވަތް ދޮންކޭލުގައި ގިނަ އަދަދަކަށް ހުރެ އެވެ.
ޕޮޓޭސިއަމް ގިނައިން ހުރުމަކީ ހަށިގަނޑުގައި އިތުރުވާ ސޯޑިއަމްގެ މިންވަރު ކޮންޓްރޯލްކޮށް، ހަމަހަމަކޮށްދޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ހަށިގަނޑުގައި ކެލްސިއަމް ހިފަހައްޓައި ދިނުމަށް ވެސް އެހީތެރި ވެދެ އެވެ. އަދި ކެލްސިއަމް ބޭރުވުން ހުއްޓުވައި، ކަށިފީވުން ކުރިމަތިވުމުގެ ފުރުސަތު ކުޑަކުރުވަ އެވެ.

މި ސަބަބުތަކާ ހެދި ކޮންމެ ދުވަހެއްގެ ސުފުރާގައި ދޮންކެޔޮ ހިމެނުމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ވަރަށް ގަދަ
96%ވަރަށް ގަދަ 35%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 1%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: