ފޭސްބުކްގައި ހިންގާ ބައެއް ޕޭޖްތަކުގައި އިއްޔެ ހިނގި އެއް ވީޑިއޯއަކީ ފިލްމީ ތަރި ޝީލާ ނަޖީބު އޭނާ ގެންގުޅޭ ބުޅަލަކާއި ވާހަކަ ދައްކާ ވީޑިއޯ ކޮޅެކެވެ. އެ ވީޑިއޯގައި ޝިލާ އޭނާ ގެންގުޅޭ ބުޅަލަށް ގޮވާ އެކި ވާހަކަ ދައްކައެވެ. “ކިއާރާ” ނަމަކަށް ދީފައިވާ އެ ބުޅަލަށް ނިސްބަތްކޮށް، ވާހަކަ ދައްކާފައިވާ ވީޑިއޯ ފޭސްބުކަށް ލީ ޕޭޖުން ޝީލާއަށް ނިސްބަތްކޮށް ބުނެފައިވަނީ “ޝީލާ މޮޔަ ވީތަ؟” މިހެންނެވެ.
ވީޑއިޯ ވައިރަލްވެ، ގާތްގަނޑަކަށް ސާޅީސް ފަސްހާހެއްހާ މީހުން އެ ވީޑިޯ ބަލާފައިވާއިރު ހަތަރު ސަތޭކައެއްހާ ކޮމެންޓް ވަނީ ކޮށްފައެވެ. ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ދިޔައީ ޝިލާއަށް ނިސްބަތްކޮށް ހަނގާކުރަމުންނެވެ. އެގޮތުން ޝިލާއަށް ނިސްބަތްކޮށް ވަރަށް ދަށު ދަރަޖައިގެ ބަސްތައްވެސް ބައެއް ފަރާތްތަކުން ވަނީ ބޭނުންކޮށްފައެވެ.
މިކަމާއި ގުޅިގެން އެ ވީޑިއޯ ޝީލާ މިވަނީ ޝެއަރކޮށްފައެވެ. އަދި އެ ފަރާތްތަކަށް ވަރުގަދަ ރައްދެއްވެސް ވަނީ ދީފައެވެ.
“އެއީ އަހަރެންގެ އަމިއްލަ ބުޅަލެއް. އަހަރެން ގެންގުޅޭ “ޕެޓް” (އޮޅު ޖަނަވާރުންނާއ)ި ވާހަކަދައްކަނީ އަހަރެން އެ ޖަނަވާރުން ދެކެ ލޯބިވާތީ” ޝިލާގެ ޕޯސްޓްގައި ވެއެވެ.
އެ ބުޅަލާއި ވާހަކަ ދެއްކުމުގެ މައްސަލައަކީ ކޮބާތޯ ބުނެ ޝީލާ ވަނީ ސުވާލު އުފައްދާފައެވެ. އަދި އެގޮތަށް ވާހަކަ ދައްކަނީ އެ ތަކެއްޗާއި މެދު އޮންނަ ގާތްކަމާއި، ލޯބީގެ ސަބަބުން ކަމަށްވެސް ޝީލާގެ ޕޯސްްޓްގައިވެއެވެ.
KIARA: Sheelaa moya v tha? ????♂️ ???? ❣
Posted by ???????????????????????????????? ???????? ???????????????????? on Monday, 21 September 2020
މީސްމީހުންނަށް ބުލީކޮށް (ހަނގާކޮށް) ހަދާ އެމީހުންގެ އޮޅު ޖަނަވާރުންނަށް ނިސްބަތްކޮށް ހުތުރު ބަސްތައް ބޭނުން ނުކުރުމަށް ޝީލާ ވަނީ އެދިފައެވެ. އަދި އެކަމުން ލިބުނީ ކޮން ފައިދާއެއްތޯ ބުނެ ޝީލާ ވަނީ ސުވާލުކޮށްފައެވެ.
“ތިޔައީ ވަރަށް ހަޑިމުޑުދާރު، އަދި ޅަ ސިކުނޑިތަކުން ކުރާ ކަހަލަ ކަންކަން. ކޮށްފަ ހުރި ކޮމެންޓްތަކަކީ، ވަރަށް ބޭއަދަބީ އަދި އިޚުތިރާމުކަން ކުޑަ ކޮމެންޓްތަކެއް. މީގޭން ދޭހަވަނީ އަހަރުމެންގެ މުޖުތަމައުގެ ގޯސްކަން”
ޝިލާ ބުނީ އޭނާ ގެންގުޅޭ އޮޅު ޖަނަވާރުން (ޕެޓްސް) ދެކެ ވަރަށް ލޯބިވާ ކަމަށާއި، އޭނާ އެ އެއްޗެއްސާ ވާހަކަ ދެއްކުމަކުން އެހެން މީހަކަށް ވާން ޖެހޭ އުދަނގުލެއް ނޯންނާނެ ކަމަށެވެ.
3 Responses
ޝީލާ ރުޅި މަޑު.
ބުޅަލަކީ ރަސޫލާ(ސއވ) ވަރަށްލޯބިފުޅު ކުރެއްވި ޖަނަވާރެއް.. ޝިލާ ވާހަކަދެއްވީ ކުއްތާއަކާއެއް ނޫންދެއްތޯ ތިވަރުވާކަށް ހުރިހާ ބޭފުޅުން..؟؟ ގިނަފަަހަރު ތިހެން ކަންތައްކުރެވެނީ ހިތުގައި ހަމަ އޮންނަ ހަސަދަ ނުވަތަ ހަމަ ހަޖަމް ނުކޮށްލެވޭތީ ބަޔަކު އުފަލުގަ އުޅޭތަން ފެނުމުން..
އެބުލާދެކެ ވަނީހަގީގީވލޯބިތޯ ނޫނީ ކޮންކައަހަލަލޯތްބެއްތޯބުނެފާނަންތަ ސީސީ