ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ސޮއިކުރައްވައި އެ ކުންފުނިން އޮޕަރޭޓުކުރާ ފިޝަރީޒް ކޮމްޕްލެކްސްތަކަށް ފޮނުވި މެމޯއެއްގައި ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ސެންޓަރުތަކާއި ބޯޓުތަކުން ޑީސަލް ވިއްކާ އަގު ބަދަލު ކޮށްފައިވާ ކަމަށެވެ.

މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށް ކަމަށް މިފްކޯއިން ބުނެއެވެ.

މީގެއިތުރުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: