ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯއިން 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް އައިނަކަށް އަރާ މަސްބާނާ މަންޒަރު:_ފޮޓޯ- ދިވެހި މަސްވެރިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ނުދީ ހުރި ބިލުތަކަށް މިހާތަނަށް 70 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރ، އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޫކުރަމުން ދަނީ އޮގަސްޓު 17 އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާއި ހަމައަށް ހުރި ބިލްތަކުގެ ފައިސާ ކަމަށެވެ.

އެގޮތުން ގާތްގަނޑަކަށް 82 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެތެެރޭގައި ހިމެނެނީ ދެކުނުގެ މަސްވެރިންނަށް 53 މިލިއަން ރުފިޔާ އަދި އުތުރުން މިފްކޯއަށް މަސް ކިރާފައިވާ މަސްވެރިންނަށް ގާތްގަނޑަކަށް 29 މިލިއަން ރުފިޔާކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ ކުރިއާ ހިލާފަށް މަސްވެރިންނަށް މިހާރު ފައިސާ ދޫކުރަމުންދަނީ އޮންލައިންކޮށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: