ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަތުރުވެރިންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދަތުރުވެރިންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ޕީސީއާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނާއި އަދި ބިދޭސީންނަށްވެސް ޓެސްޓު ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން ދަތުރުވެރިންނަށް ޚާއްސަކޮށްގެން ޓެސްޓުކުރުމަށް ހަމަޖެހިފައިވަނީ ދުވާލަކު 20 ސާމްޕަލް ކަމައް އެ ހޮސްޕިޓަލުން ބުނެޏެވެ.

ޓެސްޓުހަދަން ބޭނުންވާ ފަރާތްތަކުން ހޮސްޕިޓަލް ނަންބަރު 1417އަށް ގުޅައި، މެމޯ ހެއްދުމުން ސާމްޕަލް މަގައި ޓެސްޓުހެދުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. ދަތުރުކުރާ ފަރާތްތަކުން ޕީސީއާރް ޓެސްޓްހަދަންޖެހެނީ ފުރުމުގެ ކުރިން ތިން ދުވަސް ތެރޭގައެވެ.

ހުޅުމާލެ ހޮސްޕިޓަލުންވަނީ ދަތުރަށް ފުރުމުގެ 48ގަޑިއިރު ކުރިން ޓެސްޓުކުރުމަށް ސާމްޕަލް ނެގުމަށް އެދިފައެވެ.

އަދި ރިސޯޓްތަކުން ޓުއަރިޒަމް މިނިސްޓްރީއިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ހުށައެޅުމުން، ސާމްޕަލް ޓެސްޓުކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ޓެސްޓް ހެދޭނި އައިޑީ ކަރޑް ނުވަތަ ޕާސްޕޯޓް ކޮޕީއާއި، ޓިކެޓް ނުވަތަ ރިސަވޭޝަން ސްލިޕް ހުށައެޅުމުންނެވެ. އަދި ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީއާއި ޓިކެޓް ނުވަތަ ރިޒަވޭޝަން ސްލިޕް ހުށައަޅަންޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: