ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭބިސްކަދުރު: ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް އަދާކުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މޭބިސްކަދުރަކީ ހުތް ފޮނި ރަހަ އެއް ހުންނަ މޭވާއެކެވެ. މޭބިސްކަދުރުގެ އެތަކެއް ވައްތަރުތަކެއް ހުރެއެވެ. އެކި ވައްތަރުގެ މޭބިސްކަދުރު އެކިކުލައަށް ހުންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ފާހަގަކުރެވޭ މޭބިސްކަދުރުގެ ބާވަތްތަކުގެ ތެރޭގައި ރަތް މޭބިސްކަދުރު، ފެހި މޭބިސްކަދުރު، ކަޅު މޭބިސްކަދުރު، ދަނބު މޭބިސްކަދުރު، މަޑުފެހި މޭބިސްކަދުރު ފަދަ ކުލަތަކުގެ މޭބިސްކަދުރު ހިމެނެއެވެ.

މޭބިސްކަދުރު އަކީ ތަފާތު ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. އެގޮތުން އެންމެ އާންމުކޮށް ބޭނުން ކުރެވެނީ ރޮލާ ހުއްޓައި ކެއުމަށެވެ. ނުވަތަ ހުހަށް ކެއުމަށެވެ. އޭގެ އިތުރުން މޭބިސްކަދުރު ބޭނުންކޮށްގެން، ޖޫސް، ޖެލީ، ޖޭމް، ބަނގުރާ، އަދި ތެޔޮ ފަދަ ތަކެތި ތައްޔާރުކުރާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގައި އެންމެ ގިނައިން މޭބިސްކަދުރު އުފައްދާ ކަމަށް ފާހަގަ ކުރެވިފައިވާ އެއްގައުމަކީ ސްޕޭން އެވެ.

އަދި މިއީ ސިއްހަތަށް ވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެގޮތުން ތަފާތު ވައްތަރާއި ކުލަތަކުގެ މޭބިސްކަދުރު ހުންނައިރު، ލިޔުންތަކުގައި މޭބިސްކަދުރު ސިފަކޮށްފައިވަނީ “މޭވާތަކުގެ ރާނީ”ގެ ގޮތުގައެވެ.

ކާނާ ހަޖަމުނުވުން ރަގަޅުކުރުމުގައި މުހިއްމު ދައުރެއް މޭބިސްކަދުރު އަދާކުރެއެވެ. އެގޮތުން މޭބިސްކަދުރު ބޭނުންކުރުމުން، ހަޖަމުވުން ރަގަޅުވެ، މައިދާގެ މަސައްކަތްތަކަށް ދިރުން ގެނެސްދެއެވެ. މީގެ އިތުން، މޭބިސްކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެކެވެ. ފައިބަރަކީ ކާތަކެތި ހަޖަމުކޮށްދީ އުނދަގުލެއްނެތި ބޭރުކުރުމަށް އެހީވެދޭ އެއްޗެކެވެ. މޭބިސްކަދުރުގެ ފައިބަރަކީ ވިރިގެން ނުދާ އެއްޗެއް ކަމަށްވާތީ ގޮހޮރުގެ ސިއްހަތަށް މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މޭބިސްކަދުރުގައި ހިމެނޭ ފެނަކީވެސް ހަޖަމު ކުރުމުގައި އެހީވެދޭ މުހިންމު މާއްދާ އެކެވެ.

މީގެ އިތުރުންވެސް މޭބިސްކަދުރުން ލިބޭ އެހެނިހެން ބައެއް ފައިދާތަކައް މި ލިޔުމުގައި އިލި އަޅުއްވާލާނަމެވެ.

ނޭވާހިއްލުމައް ފަރުވާއެއް

ކުރިންވެސް ފާޙަގަ ކުރިފަދައިން މޭބިސްކަދުރަކީ އެ ކެއުމައްފަހުގައި ވަރަށް އަވަހައް ހަޖަމްކޮށް ހަށިގަނޑައް ބޭނުންވާ މުހިންމު މާއްދާތައް ނަގާ މޭވާ އަކައްވާތީ، މި ކަމުގެ ސަބަބުން ފުއްޕާމޭގައި ހުންނަ ތެއްކަން އިތުރުވެގެެން ދެއެވެ. އެހެން ކަމުން އޭގެ ސަބަބުން ނޭވާލުމައް ފަސޭހަ ވެގެން ދެއެވެ.

ހިތުގެ ބަލިތަކައްވެސް ފަރުވާއެއް

މޭބިސްކަދުރު ބޭނުން ކުރުމުން އޭގައި އެކުލެވޭ “ރެސްވެރެޓްރޯލް”ގެ ސަބަބުން، ލޭގައި “ނައިޓްރިކް އޮކްސައިޑް”ގެ މިންވަރު އިތުރުވެއެވެ. ނައިޓްރިކް އޮކްސައިޑް އަކީ ލޭހޮޅި ފުޅާކޮށްދޭ މާއްދާއެކެވެ. މިއީ ލޭގެ އާރުގެ ތެރޭގައި ގަނޑު ލޭކޮޅު ނުވަތަ ބްލަޑް ކްލޮޓް އުފެއްދުމަށް ހުރަސް އަޅައި، ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓަކީ ލޭގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޓްވުމަށް ހުރަސް އަޅާ މާއްދާއެކެވެ. ނުރަނގަޅު ކޮލެސްޓްރޯލް އޮކްސިޑޭޝަން ކުރިމަތިވެގެން މެނުވީ ލޭހޮޅިތަކުގެ އެތެރޭގައި ސަރުބީޖަމާވެ، ލޭހޮޅިތައް ބެދިގެނެއް ނުދާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: