ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލޯވެރާ: މޫނުގައި ނަގާ ބިހި، އޮށާޅައަށް ފަރުވާއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެލޯވެރާ އަކީ މިފަހަކަށް އައިސް ގޭގޭގައި ފަސޭހައިން ހައްދައިގެން ގެންގުޅޭ، އިންޑޯ ޕްލާންޓެއްގެ ގޮތުގައި ވެސް ހައްދައިގެން ގެންގުޅޭ އެއްޗެކެވެ. ގަނެލަން ތަންކޮޅެއް އަގު ބޮޑު ނަމަވެސް މިއީ އެތައް ބޭނުމެއް ހިފޭ ގަހެކެވެ. އެތައް ފައިދާތަކެއް ލިބޭ ގެންގުޅެންވެސް ފަސޭހަ ގަހެކެވެ. ގިނަ އަދަދަކަށް ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ އެލޯވެރާ ނިސްބަތްވަނީ ލޮނުމެދާއި ފިޔާ ވެސް ނިސްބަތްވާ ލިލިއޭޝީ އާއިލާއަށެވެ.

ހަޖަމު ކުރުމުގެ ނިޒާމައް ދިމާވާ މައްސަލަ ތަކަށް ފަރުވާއެއް.

އެލޯވެރާ އަކީ ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުން ބޭނުން ކުރެވޭނެ އެއްޗެކެވެ. ބަނޑުތެރޭއުފެދިފައި ހުންނަ ބެކްޓީރިއާތައް ނައްތާލާ، ބޭރަށް ހިންގުމުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައި އެލޯވެރާ ފާހަގަ ކުރެވެ އެވެ. ހަޖަމު ކުރުމުގެ ނިޒާމަށް އެލޯވެރާއިން ފަރުވާ ހޯދަން ބޭނުންނަމަ އެލޯވެރާއިން ޖޫސް ތައްޔާރު ކޮށްގެން ބޭނުންކުރެވިދާނެއެވެ.

މޫނުގައި ނަގާ ބިހި،އޮށާޅައަށް ވެސް ފަރުވާ ކުރެވިދާނެ:

އެލޯވެރާ އާންމުކޮށް ބޭނުންކޮށް ހަދަނީ މޫނާއި ހަންގަނޑަށް ފަރުވާ ކުރުމަށެވެ. މިޢީ ކޮސްމެޓިކްސް އިންޑަސްޓްރީގައި ވެސް އެންމެ އާންމުކޮށް ބޭނުންކުރާ މާއްދާ އެވެ. ލޯވެރާގައި އެކުލެވޭ މިނެރަލްސްގެ މާއްދާއާއި އެންޓިބެކްޓީރިއާގެ ސަބަބުން މޫނުގައި ނަގާ ބިއްސާއި އޮށާޅައަށް ވެސް އެލޯވެރާ ވެގެން ދަނީ ފަރުވާއަކަށެވެ.މޭޒުމަތީ ސަމުސާގެ ދެ ސަމުސާ ޖެލްއާއި ދެ ސަމުސާގެ އަލްމަންޑް ކިރާއި ދެ ސަމުސާ ލެމަން ޖޫސް ، ރަނގަޅަށް އެއްކޮށްލައްވާފައި މޫނުގައި އުނގުޅާ ލައްވާށެވެ. އަދި މަޑުމަޑުން މަސާޖުކޮށްލައްވާ އިރުކޮޅަކު ބަހައްޓާލުމަށްފަހު ތާފަނާ ފެނުން މޫނު ދޮވެލާށެވެ.

އިސްތަށި ފެޅުއްވުމައް އެހީއެއް:

އިސްތަށިގަނޑަކީ މީހާގެ ރީތިކަން ފުރިހަމަކޮށްދިނުމުގައި ވަރަށް މުހިންމު ރޯލެއް އަދާކޮށްދޭ އެއްޗެކެވެ. އިސްތަށިގަނޑަށް ދިމާވާ އެކި އެކި މައްސަލަތަކަކީ ހިތަށް ނުތަނަވަސްކަން ވެރި ކުރުވާ ކަމެކެވެ. އިސްތަށި ފޭބުމަކީ މިގޮތަށް އިސްތަށިގަނޑަށް ދިމާވާ މައަސަލަތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކަންބޮޑުވާ އެއްމަސަލައެވެ. އެލޯވެރާއަކީ އިސްތަށި ފެޅުއްވުމަށްވެސް އެހީ ވެދޭ އެއްޗެކެވެ.

ހެއަރ މާސްކް ތައްޔާރުކުރުމަށްތަކައި އެލޯވެރާ ޖެލްގެ ތެރެއަށް މޭޒުމަތީ ސަމުސަލުގެ 2- 3 ސަމުސާ ކާށިތެލާއި  މޭޒުމަތީ ސަމުސަލުގެ 1-2 ސަމުސާ މާމުއި އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.  އެއަށްފަހު މިތައްޔާރު ކުރެވުނު ޕޭސްޓް އިސްތަށިގަނޑާއި އިސްތަށިތަކުގެ ބުޑުތަކުގައި އެއްކޮށް އުނގުޅާލުމަށްފަހު ޝަވަރކެޕް ނުވަތަ ފޮތިގަނޑަކުން އިސްތަށިގަނޑު ރަނގަޅަށް ބަންދުކޮށްލާށެވެ. މިގޮތަށް 40 -45 މިނިޓްވަންދެން ބަހަށްޓާލުމަށް ފަހު އާދައިގެ ފެނުން ރީއްޗަށް އިސްތަށިގަނޑު ދޮވެލާށެވެ. މިއީ އިސްތަށިގަނޑު މަޑުކޮށް ބެހެއްޓުމަށާއި އިސްތަށިގަނޑު ރީތިކޮށްބެހެއްޓުމަށް ބޭނުންކުރެވޭ ތަފާތު ބާވަތްތަކުގެ އެއްޗެތިން އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުންތަށް ރަނގަޅުކޮށްލުމަށް، މަދުވެގެން ހަފްތާއަކު އެއްފަހަރު އިސްތަށިގަނޑަށް ދެވިދާނެ ފަރުވާއެކެވެ.

އަވިން ރައްކާތެރިކޮށްދޭ:

އަވީގެ ހޫނުން ހަންގަނޑު ރައްކާތެރިކުރުމަށް އުފައްދާފައި ހުންނަ ގިނަ އުފެއްދުންތަކަކީ އެލޯވެރާ ހިމެނޭ އުފެއްދުންތައްކަން އަހަރެމެން އެންމެން ވެސް ދަންނަމުއެވެ. އެހެންކަމުން އެފަދަ އަގުބޮޑު އުފެއްދުންތައް ގަތުމުގެ ބަދަލުގައި އަވިން ހަންގަނޑު ރައްކާތެރިކުރުމަށް އެލޯވެރާ ޖެލް ހަންގަނޑުގައި އުނގުޅާ ލެއްވިދާނެއެވެ.

ހޯމޯން ބެލެންސް ކޮށްދޭ

ބައެއް ފަހަރަށް ހަށިގަނޑުގެ ހޯމޯނަށް އަންނަ ބަދަލުތަކާ ހެދި ތަފާތު މައްސަލަތައް ޖެހެ އެވެ. ނަމަވެސް އެލޯވެރާ ޖޫހުގައި ހިމެނޭ ވިޓަމިންސްތަކުގެ ސަބަބުން ހޯމޯން ބެލެންސް ކުރަން އެހީތެރިވެދެ އެވެ.

މީގެ އިތުރުންވެސް ވަރަށް ގިނަ ކަންކަމަށް އެލޯވެރާ ބޭނުންކުރެވިދާނެ އެވެ. އެގޮތުން  އެލޯވެރާގައި ރަނގަޅު މިންވަރަކަށް ވިޓަމިން ސީ އެކުލެވޭތީ އަނގައިގައި އުފެދޭ ޖަރާސީމް މަރާލާ ، ”މައުތު ވޮޝް”އެއްގެ ގޮތުގައި އެލޯވެރާ ބޭނުން ކުރެވިދާނެ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: