ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަަކެތީގެ ވެރި ފަރާތް ހޯދަނީ!

ފްރޮންޓްލައިންގައި މަސައްކުރާ ގިނަ ޢަދަދެއްގެ ފުލުހުން އަންނަނީ ޕޮޒިޓިވްވަމުން. ފޮޓޯ: ޕޮލިސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

މިތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހު މާލޭ ކަރާ މާރުކޭޓު ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ދެ މީހެއްގެ އަތުން ފެނިފައިވާ ތަކެތކަމަށާއިި، އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވެއެވެ

މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ 2 ސެކިއުލަރ ކީސް (ހިޓާޗީ)، 1 ސެކިއުލަރ ކީސް (މަކީޓާ) 2 ރައުޓަރ (މަކީޓާ)، 1 ޑްރިލަރ، 1 ކަރަންޓު ރޮންދާ (މަކީޓާ)، 1 ހޭންޑް ރޮންދާ، 2 ވަޑާންކަށި، 1 މިންބަލާ ފަތިގަނޑު، 1 ފީރު، 4 ސޮކެޓު، 1 ޓެސްޓަރ، 1 ތްރީޕިން، 2 ފޫޓު ފީތާ. މި ތަކެތީގެ އިންސިޑެންޓް ނަމްބަރަކީ  464442 އެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: