ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮލިފުށީގައި ކޮވިޑުގެ ކޭސްތަކެއް، ކޮވިޑަށް ޕޮޒިޓިވް ވިއިރު ރައީސް މައުމޫން ހުންނެވީ ބޮލިފުށީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އޯޒޯން ރިޒާވް ބޮލިފުށިއިން ކޮވިޑު-19 އަށް ބައެއް މުވައްޒަފުންތަކެއް ޕޮޒިޓިވްވީ ނަމަވެސް އެކަން ތަނުގެ މެނޭޖްމެންޓާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ސިއްރު ކުރާކަމުގެ ތުހުމަތު މުވައްޒަފުންކޮށްފިއެވެ.

ތަނުގެ މުވައްޒަފުންތަކެއް ސަންގު އާއި ވާހަކަ ދެއްކުމުގެ ކުރިން ވެސް، ސަންގުގެ ނޫސްވެރިން ވަނީ އެޗްއީއޯސީ އާއި މި ސުވާލުކޮށް ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވޭތޯ އަހާފައެވެ. އެހެން ނަމަވެސް އޭރު ވެސް އެޗްއީއޯސީން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

“ސަންގު” އިން ބޮލިފުށި ރިސޯޓް މޮނިޓަރިންނަށް ގެނެސްފައިވޭތޯ ނުވަތަ ނޫންތޯ ސާފުކުރަންޖެހުނު މައިގަނޑު ސަބަބަކީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ކޮވިޑަށް ޕޮޒިޓިވް ވެވަޑައިގެންނެވިކަމުގެ ނަތީޖާ އެމަނިކުފާނަށް ލިބިވަޑައިގެންނެވިއިރު ހުންނެވީ ބޮލިފުށީގައިކަން ސަންގަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާތީއެވެ.

ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައި

އެގޮތުން ބޮލިފުށި ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން “ސަންގު” އާއި ވާހަކަ ދައްކަމުން ބުނީ ރައީސް މައުމޫންގެ ހަށިކޮޅުން ކޮވިޑް19 ގެ އަލާމާތްތައް ފެނިފައިވަނީ އެ ރަށުގައި ހުންނަވަނިކޮށް ކަމަށެވެ. އެގޮތުން މިދިޔަ މަހު 25 ވަނަ ދުވަހު ކޮވިޑް ގެ އަލާމާތްތަކެއް ހަށިކޮޅުން ފެނުމުން ޓެސްޓް ކުރުމަށްޓަކައި ރައީސް މައުމޫން މާލެ ވަޑައިގެން ޓެސްޓް ކުރެއްވުމަށްފަހު ނަތީޖާ ލިބިވަޑައިގަތުމުގެ ކުރިން އަނބުރާ އެ ރިސޯޓަށް ވަޑައިގެންނެވިކަމަށެވެ. އަދި ކޮވިޑަށް ޕޮޒިޓިވް ވި ކަމުގެ ނަތީޖާ ރައީސް މައުމޫނަށް ލިބިވަޑައިގަތީ އެދުވަހުގެ އިރުއޮއްސުނު އިރު އެރިސޯޓުގައި ހުންނަނވަނިކޮށް ކަމަށް “ސަންގު” އަށް ވަނީ ކަށަވަރުވެފައެވެ.

އޯޒޯން ރިޒާވް ބޮލިފުށި ރިސޯޓަކީި ކުރީގެ ޖުމެއިރާ ވިޓަވެލި ގެ ނަމުގައި ހިންގަމުން އައި ރިސޯޓެކެވެ. ނަމަވެސް މިއަހަރުގެ ތެރޭގައި އެ ރިސޯޓުގެ ނަން ބަދަލުކޮށް މިއަހަރުގެ ފަހުކޮޅުގައި އެ ރިސޯޓް ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބޮލިފުށި ރިސޯޓުގައި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ފިރިކަލުން ޝުޢައިބް ޝާޙްގެ ހިއްސާ އޮންނަ ރިސޯޓެކެވެ.

ސަންގާއި ވާހަކަ ދެއްކި ސްޓާފުން ބުނެފައިވަނީ، ހުން އައިސް ރޯގާ ޖެހިފައިވާ ބައެއް މުވައްޒަފުންތަކެއް ކަރަންޓީނުވާން އަންގާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ސާމްޕަލްތައް ނަގާފައިވަނީ އަންގާރަ ދުވަހު ކަމަށެވެ. ނަތީޖާތައް ލިބުނުއިރު އެ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެހާ ހިސާބުން މުވައްޒަފުންނަށް ވަކި އިރުޝާދުތަކެއް ދީ މާސްކު އެޅުމަށް އަންގާފައިވާކަމަށް މުވައްޒަފުން ބުނެއެވެ.

ބޮލިފުށި ރިސޯޓުގައި ކޮވިޑުގެ އަލާމާތްތައްހުރި މީހުންގެ ސާމްޕަލްތައް ނެގުމާއި ޕޮޒިޓިވްވެފައިވާ މީހުން އައިސޮލޭޓް ކުރުމުގައި އެޗްޕީއޭ އިން ހަރަކާތްތެރިވަނީ: ފައިލް ފޮޓޯ

 

ބޮލިފުށި ރިސޯޓުގެ ފަރާތުން “ސަންގު” އާއި ވާހަކަ ދެއްކި މުވައްޒަފުން ބުނީ ރިސޯޓުގެ މެނޭޖްމަންޓްގެ ފަރާތުން މާސްކު އަޅަން އަންގާ، ކެއުމުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސް ސޯޝަލް ޑިސްޓެންސިން ގާއިމްކޮށް ބޭރުގައި އުޅޭއިރު އެކަކު އަނެކަކާއި މާ ގާތް ނުވުމަށް އަންގާފައިވާކަމަށް މުވައްޒަފު މައުލޫމާތު ދެއެވެ. އަދި ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަނުގައި މިހާރު ގޮނޑިތައް ޖަހާފައިވަނީ ދުރުދުރުގައި ކަމަށް އޭނާ ބުންޏެވެ.

“ސަންގު” އާއި ވާހަކަ ދެއްކި މުވައްޒަފު ބުނީ، ރަށުން ހަތް މީހަކު ޕޮޒިޓިވްވިކަން އެނގިފައިވާ ކަމަށެވެ. އަދި މިވަގުތު ރަށުގައި ބަލި ފެތުރިފައިވާ ކަމަށް މުވައްޒަފުންނަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ބުންޏެވެ. އަދި އޭގެ ސަބަބުން ބަލި ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ތަނުގެ މެނޭޖްމެންޓާއި އެޗްޕީއޭއިން މިކަން ސިއްރު ކުރާހާ ހިނދަކު ބަލި އޮތް މިންވަރާއި ރައްކާތެރިކަމަށް އަމިއްލައަށް އަޅަން ވީ ފިޔަވަޅެއް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

“އެއްކަން މިހާރު ޔަގީން. ކޮންމެވެސް ކަމެއް އެބަ ފޮރުވާކަން. ކުއްލިއަކަށް އިންސްޓްރަކްޝަންތަކެއް މިދެނީ. ކާ ގަޑިތައް ވެސް ބަދަލުކޮށްފި. ގޮނޑިތައް ވެސް ހުރީ ދުރުދުރުގަ” މުވައްޒަފު

ރަށުން ކޮވިޑުގެ ކޭސްއެއް ފެނުމުން އެކަން ސިއްރު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ ކޮވިޑުގެ ސަބަބުން ތަނުގެ މެނޭޖްމެންޓު ބަދަލުވެފައިވާ ކަމަށެވެ. އަދި މިވަގުތު ތައްޔާރުވަމުން ދަނީ ރީއޯޕެންއަކަށް ކަމަށް މުވައްޒަފު މައުލޫމާތު ދިނެވެ.

މުވައްޒަފު ބުނި ގޮތުން، ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ޕްރޮޖެކްޝަންގެ މަސައްކަތް ކުރާ ދެ މީހެއް ހިމެނެއެވެ. އަދި ތަނުގެ ކައްކާއެއް ހިމެނެއެވެ. އޭގެ އިތުރުން ރައީސް މައުމޫނަށް ސާވް ކުރި ސްޓާފުން ހިމެނޭ ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.

ކޮވިޑުގެ ސަބަބުން ރަށުގެ މަރާމާތުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް މުވައްޒަފު ބުންޏެވެ. އަދި މިކަން ސިއްރު ކުރަނީ އޭގެ ސަބުން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

“އަސްލު ރީއޯޕެން އަކަށް ރެޑީ އެ ވަނީ. ދެން ކޭސް އެއް ފެނިގެން މޮނީޓަރިންއަށް ލައިފިނަމަ މަސައްކަތް ހުއްޓޭނެ. އެއީ މި ވެގެން އުޅޭ ގޮތަކީ” މުވައްޒަފު

މިހާރު ރަށުގެ ހާލަތު ގޯސްކަމަށް ލަފާކޮށް މުވައްޒަފު ބުނީ، މިގޮތަށް ދާ ނަމަ ރަށުން ކޭސްތައް ފަސޭހައިން ކޮންޓްރޯލް އެއް ނުވާނެ ކަމަށެވެ. އަދި އެންމެން އެކީ ކާން ދާން ޖެހޭއިރު މަސައްކަތަށް ވެސް ނިކުންނަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭގެ ސަބަބުން އެކަކު އަނެކަކާއި ކޮންޓެކްޓު ވެސް ވާނެކަން އޭނާ ފާހަގަކުރިއެވެ.

ބޮލިފުށީގެ މިހާލަތާއި ގުޅޭގޮތުން “ސަންގު” އިން ތަކުރާރުކޮށް އެޗްޕީއޭއާއި ސުވާލު ކުރިނަމަވެސް ބޮލިފުށިން އެއްވެސް މީހެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ނުވަތަ ނޫންކަން ހާމަކޮށްފައެއް ނުވެއެވެ. އެޗްޕީއޭގެ ފަރާތުން ހަމައެކަނި “ސަންގު” އަށް ދިން މައުލޫމާތަކީ ބޮލިފުށި ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވާކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

“ސަންގު” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮލިފުށި ރިސޯޓު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެތިން ކުންފުންޏެއް އެކުވެގެންނެވެ. އެގޮތުން އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ރިސޯޓުގެ ކޮންސްޓްރަކްޝަން ގެ މަސައްކަތްކުރާ މީހުންނާއިއެކު 200 އަށްވުރެ ގިނަ މީހުން ރިސޯޓުގައި އުޅެމުންދާކަމަށް “ސަންގު” އަށް ވަނީ ޔަގީންވެފައެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 9%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 13%ވަރަށް ދެރަ 62%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ނުބައިކޮށް އޭގަ އެއޮތީ، އަސްލު ޙިއްސާ އޮންނަނީ ދުންޔާ މައުމޫންގެ ފިރި ޟާހު ޟުހައިބްގެ.

    1. މާ ބޮޑަށް ޕެނިކް ނުވެބަލަ. މާލޭގައި ވެސް ކޭސްތައް އެބައުޅޭ. އެކަމު އިންސާނުން އަދިވެސް އެބައުޅޭ.

  2. ތިރިސޯޓުގަ ލޮކުޑައުންތެރޭވެސް އެޓުމަސްފެއާ ކުންފުނީގެ ހުރިހާ އިންޑިއާ ބޮޑުން އެވެސް ހުއްދައެއް ނެތި އެކިތަންތަނުން ތިރަށަށް އަރަމުންދިޔައީ. އެހެންތާވާނީ ކެނެރީގެ ނަށީދު މަޖާކޮށްލަންވެސް އެރަށަށް އަރަމުންދިޔައީ ލޮކްޑައުންއަށް ގޮންޖަހާފަ. ފޮޓޯ ލީކުވީމަވެސް އަޅާނުލި މީޑިއާއިން. މުވައްޒަފުން ސުވާލުކުރީމަ ސުންދަރު ބުނީ އިންޑިޢާ ގައުމެކޭމީ ވާހަކަނުދައްކާށޭ. ސޮޕާ މަންޖެއާކާ އިންދެގެން އުޅޭ އަޒީ ބުނީ އެވެސްމީހަކު ރިޒޯޓުން ބޭރަށް ހިންގާކަންތަށް އަންގައި ފިޔާ ކަންޑާ ލާނަމޯ. އެޗު އާރު މެނޭޖަރަރު ޕާކިސްތާނު ބުނީ ދިވެހި މުވަޒަފުނެ ޢެރުވުން މަނައޭ. ކޮވިޑު 8 ކޭސް އެބައުޅޭ. ސިރުކޮށްފަ ޢޮތީ. މިކަން ހިންގަނީ އަބީޖިތު، މުރަލީ، ސުންދަރު، އަޒީ،

  3. ތިރިސޯޓުގަ ލޮކުޑައުންތެރޭވެސް އެޓުމަސްފެއާ ކުންފުނީގެ ހުރިހާ އިންޑިއާ ބޮޑުން އެވެސް ހުއްދައެއް ނެތި އެކިތަންތަނުން ތިރަށަށް އަރަމުންދިޔައީ. އެހެންތާވާނީ ކެނެރީގެ ނަށީދު މަޖާކޮށްލަންވެސް އެރަށަށް އަރަމުންދިޔައީ ލޮކްޑައުންއަށް ގޮންޖަހާފަ. ފޮޓޯ ލީކުވީމަވެސް އަޅާނުލި މީޑިއާއިން. މުވައްޒަފުން ސުވާލުކުރީމަ ސުންދަރު ބުނީ އިންޑިޢާ ގައުމެކޭމީ ވާހަކަނުދައްކާށޭ. ސޮޕާ މަންޖެއާކާ އިންދެގެން އުޅޭ އަޒީ ބުނީ އެވެސްމީހަކު ރިޒޯޓުން ބޭރަށް ހިންގާކަންތަށް އަންގައި ފިޔާ ކަންޑާ ލާނަމޯ. އެޗު އާރު މެނޭޖަރަރު ޕާކިސްތާނު ބުނީ ދިވެހި މުވަޒަފުނެ ޢެރުވުން މަނައޭ. ކޮވިޑު 8 ކޭސް އެބައުޅޭ. ސިރުކޮށްފަ ޢޮތީ. މިކަން ހިންގަނީ އަބީޖިތު، މުރަލީ، ސުންދަރު، އަޒީ،

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: