ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުން ހުކުމާއި އެއްގޮތަށް ފައިސާދައްކަމުން ނުދާތީވެ، ޔޮޓް ޓުއަރސްއިން ކޯޓަށް

ޑީއާރުޕީގެ ލީޑަރ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު...
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޮޓް ޓުއަރސް އަށް 22 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދެއްކުމަށް އެލައިޑް އިންޝިއުރޭންސް ކޮމްޕެނީގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރަމުން ނުދާތީވެ، ހުކުމް ތަންފީޒުކޮށް ދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ސިވިލް ކޯޓުގެ އިސް ޣާޟީއަށް އެޑްރެސްކުރައްވާ ޔޮޓް ޓުއަރސް އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ ކޯޓުގެ ޤަސިއްޔާއިން ކުރިޔަށް ގެންދެވުނު މައްސަލައިގައި، ބާވީސް މިލިއަން ހަތްލައްކަ އަށްޑިހަ ހަތަރުހާސް އަށް ސަތޭކަ ތިރިސް ހަތެއް ޕޮއިންޓް ފަހެއް ނުވައެއް (22،784،837/59) އެމެރިކާ ޑޮލަރު ޔޮޓް ޓުއަރސް އަށް ދޭން ޖެހޭކަމަށް ޝަރީޢަތަށް ސާބިތުވާތީވެ، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރަމުން ނުދާކަމަށެވެ.

ޔޮޓް ޓުއަރސްގެ ޗެއަރމަން ޢަބްދުﷲ ޖާބިރު ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ،  ހުކުމް ކުރި ތާރީޚުން ފެށިގެން އެއް މަސް ފާއިތުވެގެން ގޮސްފައިވާއިރު، މި ދިޔަ މަހަށް ދައްކަން ޖެހޭ ތިން މިލިއަން ހަތްލައްކަ ނުވަދިހަ ހަތްހާސް، ހަތަރު ސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ނުވަދިހަ ތިނެއް (3،797،472/93) އެމެރިކާ ޑޮލަރު ސިވިލް ކޯޓަށް ދައްކާފައިނުވާތީވެ، އެލައިޑުން ހުކުމާއި ޚިލާފުވެފައިވާކަމަށެވެ.

އެހެންކަމުން އެ ހުކުމް ތަންފީޒުކޮށްދީ އެ ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށްވެސް އެ ސިޓީގައި ވަނީ އެދިފައެވެ.

ސިވިލް ކޯޓުން 19 ޖުލައިގައި  ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝިއަރެންސް ކުންފުނީގެ ފަރާތުން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: