ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރިއުޅުމުގެ “އިއްޔެ” އަށް ބަލަން ނުހުންނާށެވެ. ކުރިޔަށް ދާށެވެ!

އިއްޔެއަށް ބަލަން ނުހުންނާށެވެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ޙަޔާތުން ހޭދަވާ ކޮންމެ ދުވަހަކީ މާޒީއެވެ. އެ މާޒީގެ ތިބާއަށް ދައްކައި ދެނީ ތިބާގެ “އިއްޔެ” އެވެ. ތިބާގެ “އިއްޔެ” ގަ ތިބާއަށް ކުރެވުނީ ކޮން ކަމެއް ތޯއެވެ؟ ތިބާއަށް ހާސިލުވީ ކޮން ކަމެއް ތޯއެވެ؟ ތިބާގެ “އިއްޔެ” ތިބާއަށް ދަސްކޮށްދިނީ ކޮންކަމެއް ތޯއެވެ؟ ތިބާގެ “އިއްޔެ” ތިބާއަށް އުނގަންނައިދިނީ ކޮން ފިލާވަޅެއް ތޯއެވެ؟ ތިބާގެ “އިއްޔެ” ތިބާއަށް ދެއްކީ ކޮން ހުވަފެނެއް ތޯއެވެ؟ ފެނުނު ހުވަފެންތަކުގައި ތިބާގެ “އިއްޔެ” ކުލަޖައްސަައި ދިން ތޯއެވެ؟

ހުސް ސުވާލެވެ. ޖަވާބުތައް ތިބާއަށް އެނގޭ ވަރަށް ހަމަ އެކަކަށްވެސް ނޭނގޭނޭކަން ކަށަވަރެވެ. ތިބާގެ “އިއްޔެ” އާއި ކުރިމަތިލީ ތިބާއެވެ. އެ “އިއްޔެ” އާއެކު މިއަދަށް ތިބާއަށް ވާސިލްވެވިއްޖެއެވެ. “އިއްޔެ” ގަ ލިބުނުހާ އުފާތަކާ، ކުރިހާ ސަމާސާތައްވެސް އެނގޭނީ ތިބާއަށެވެ.

އެ “އިއްޔެ” ތިބާއަށް ދިން ވޭނާއި ކެކުޅުމާއި، ހިތްދަތިކަމާއި، ހިތާމަތަށް އެނގޭނީވެސް ހަމަ ތިބާއަށެވެ. އަދި ތިބާއަށް ކުރެވުނު މޮޅު ކަންކަމާއި، ލިބުނު ކާމިޔާބީއަށް އެ “އިއްޔެ” ހެކިވާނެއެވެ. އަދި ތިމާއަށް އެޅުނު “ޅައެއްޗަކަސް” ނޫނީ ހެދުނު ގޯހަކަސް އެ “އިއްޔެ” ތިބާއަށް ދައްކާނެއެވެ.

ދިރިއުޅުމުގައި ތިބާ ހުއްޓުން އަރާ ހިސާބަކީ މިއީއެވެ. “އިއްޔެ” އެޅުނު ޅައެއްޗެއް ނުވަތަ ހެދުނު ގޯހާއި ހެދި ތިބާ ހުއްޓުން އަރާކަމީ ދުނިޔަވީ ހަޤީގަތެކެވެ. ތިބާގެ “އިއްޔެ” ތިބާ ހުއްޓުވާލާ ހިސާބަކީވެސް މިއީއެވެ. އެ “އިއްޔެ” ތިބާއަށް ދައްކާ މަންޒަރުތަކުން ތިބާ ދުނިޔެމަތިން ފޫހިކޮށްލައެވެ. އެ “އިއްޔެ” ތިބާއަށް ހަނދާންކޮށްދެނީ ތިބާއަކީ ކުށްވެރިއެއް ކަމެވެ. ތިބާގެ “އިއްޔެ” ތިބާގެ މިއަދުގައިވެސް މާދަމާގައި ވެސް ތިބާއަށް ދައްކާނީ ތިބާގެ އިއްޔެގެ ކަންކަމެވެ. މުޖުތަމައުގެ ތެރެއަށް ތިބާ ފަޟީހަތްކޮށް ބޭޒާރުކޮށްލުމަށް ތިބާގެ “އިއްޔެ” ކުޑަކޮށްވެސް ފަހަކަށް ނުޖެހޭނެއެވެ.

އެކުވެރިޔާއެވެ! ތިބާގެ ތިޔަ ޙަޔާތުގެ ބަނަކަމާއި، އެކަނިވެރިކަމާއި، މާޔޫސްކަމާއި. އަދިރިކަން ތިބާއާއެކު ތާ އަބަދު އެވަނީ ތިބާ “އިއްޔެ” އަށް ބަލާތީއެވެ. “އިއްޔެ”ގަ އެޅުނު ޅައެއްޗެއް ނުވަތަ ހެދުނު ގޯހެއް ފެންނަން އޮތީ ތިބާގެ “އިއްޔެ” އިންނެވެ. ހިތްވަރާއެކުގައު ތިބާގެ މާދަމާ ހޯދަން އެދޭނަމަ “އިއްޔެ” ބެލުން ހުއްޓާލާށެވެ. އެ “އިއްޔެ” އަކީ މާޒީއެވެ. އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ.

“މިއަދު” ތިބާ ކުރަންވީ ކަމަކީ “އިއްޔެ” އަކީ މާޒީކަމަށް ކަނޑައަޅައި، “މާދަމާ” ރޯޝަންކުރުމަށް އަވަސްވެ ގަތުމެވެ. އުޖާލާ، މާ އުފާވެރި، “މާދަމާ” އެއް ހޯދުމަށް އަވަސްވެ ގަންނާށެވެ. “އިއްޔެ” ބަލަން ނުހުންނާށެވެ. ކުރިޔަށް ދާށެވެ. އިންޝާﷲ ކާމިޔާބު ވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: