ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިރިހެނާގެ ލިސްޓުގެ ކުރީގައި ޝާހިދު ކަޕޫރް

ޝާހިދް ކަޕޫރް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓައިމްސް އޮފް އިންޑިޔާގެ އެންމެ ކާމިޔާބު ނުވަތަ ” މޯސްޓް ޑިސަޔަރބަލް މެން ”  2019 ގެ ލިސްޓުގެ ކުރީގައި ބޮލީވުޑް ގެ މަޝްހޫރު ތަރި ޝާހިދް ކަޕޫރް ވަނީ ހިމެނިފައެވެ. ޝާހިދަކީ ބޮލީވުޑުގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަރާތެކެވެ. ޝާހިދުގެ ކައިވެނި ކުރެވިފައިވީނަމަވެސް ބޮލީވުޑްގައި އޭނާއަށް ލިބިފައިވާ މަގުބޫލު ކަމަކަށް ބަދަލެއް ނާންނަކަން ފާހަގަ ކޮށްލެވެއެވެ.

ޝާހިދް ކަޕުރް

ޝާހިދަށް ލިބުނު ކާމިޔާބީއަށް ޝުކުރު އަދާ ކުރަމުން ބުނެފައިވަނީ މިލިބުުނު ކާމިޔާބީ ވަރަށް އުފަލާއިއެކު ބަލައި ގަންނަ ކަމަށާއި އަދި އެހެން މީހުންގެ ލޯތްބާއި ގަދަރު ލިބިފައިވާ އަދި އެހެން މީހުން ބަލައިގަންނަ މީހަކަށް ވުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ޖިމަށްގޮސް ފިޓު ކޮށް ހުންނަން އަބަދުވެސް ލޯބި ކުރާ އަދި މަސައްކަތް ކުރާ ޝާހިދް ބުނެފައިވަނީ، ގޮންޖެހުންތައް އިތުރުވެފައިވާ މިކަހަލަ އަހަރެއްގައި އޭނާ އަކީ އެ މަގާމަށް އެކަށީގެންވާ މީހެއްކަަމަށް ބަލައިގެން ކަމަށްޓަކައި ހިތުގެ އެންމެ އަޑިން ޝުކުރުވެރި ވާކަމަށެވެ.

ޝާހިދް ކަޕޫރް

އޭނާގެ ކައިވެނި މީރާ އަށް ކުރެވުމަށްފަހު އެތަކެއް ބަދަލުތަކެއް އޭނާއަށް އައިސްފައިވާ ކަމަށާއ،ި އެ ބަދަލު ތަކަކީ އަންހެނުން މީރާގެ ސަބަބުން އައިސްފައިވާ ބަދަލު ތަކެއް ކަމަށްވެސް ޝާހިދް ބުނެފައިވެއެވެ. އޭނާގެ ޝުކުރުގެ ލިސްޓް ނިންމާލީ، އެ ލިސްޓަށް މީރާގެ ނަންވެސް އިތުރު ކުރުމަށް ފަހުގައެވެ. މީގެ އިތުރުން ޝާހިދާއެކު މި ލިސްޓުގައި ވާދަ ކުރި އެހެން ތަރިން ކަމުގައިވާ ރަންވީރު ސިންގ، ވިކީ ކޯޝަލް، ޓައިގަރ ޝްރޯޕް ފަދަ އެކްޓަރުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާ ކޮށްފައެވެ.

‘މޯސްޓް ޑިސަރޔަބަލް މެން 2019” ގެ ދެވަނައިގައި ވަނީ ރަންވީރު ސިންގއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: