ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތުގެ ކޮވިޑް އޮޑިޓް: 32 މިލިއަން ރުފިޔާ ހަރަދު ކުރި ޕީޕީއީތަކަށް ވީނުވީ އެއް ނޭނގޭ!

ކުރީގެ ލްތް މިނިސްޓަރު އަބްދުﷲ އަމީން/ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނަށް ތުހުމަތުތަކެއް ވެސް ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން ހެލްތް މިނިސްޓްރީއިން ސިއްހީ ގޮތުން ފްރަންޓްލައިނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހޯދުމަށް 32 މިލިއަން ރުފިޔާ ހަރަދު ކުރިއިރު އެތަކެއްޗަށް ވީނުވީ އެއް ފެންނާން ނެތްކަމަށް ހެލްތް މިނިސްޓްރީގެ އޮޑިޓުން ދައްކައިފިއެވެ.

ކޮވިޑުގެ ތެރޭގައި މިނިސްޓްރީން ކުރި މަސައްކަތްތަކުގެ އޮޑިޓުން ބޮޑެތި އޮޅުވާލުންތަކެއް ވަނީ ހާމަވެފައެވެ. އޭގެ ތެރޭގައި ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމަށް ކުރި މަސައްކަތްތަކުގައި މަކަރާއި، ހީލާތް ހަދާފައިވާކަން ވަނީ ފަޅާއަރާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ މިހާ ގިނަ އަދަދެއްގެ ތަކެތި ގަތުމަށް ހަވާލުކުރުމުން ވެސް ލިބިފައި ވަނީ 2،000 ސާޖަން ކެޕް އެކަނި ކަމަށެވެ. އެސްޓީއޯ އާއި ހަވާލުކޮށް ގަންނަން އެދުނު ތަކެތީގެ ސްޓޮކް މެނޭޖުކޮށް ޑިސްޕެޗުކުރުމުގެ މަސައްކަތްކޮށްފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ގުޅިގެންނެވެ. އެހެން ނަަމަވެސް ހެލްތު މިނިސްޓްރީން ސްޓޮކް ތަކުގެ ރެކޯޑްސް ބަލަހައްޓާފައި ނުވާތީ އެސްޓީއޯ އިން އެކި މުއައްސަސާތަކަށް ސަޕްލައިކޮށްދިން ތަކެތީގެ އަދަދާއި، ސްޓޮކްގެ ގޮތުގައި ބާކީ ހުރި ގޮތުގައި ހުންނަން ޖެހޭ މިންވަރާއި، ހުރި މިންވަރު އެެނގެން ނެތްކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

ރސިއްހީ ގިނަ ސާމާނުތަކެއް ގަތުމަށް ހަވާލުކޮށްފައިވާ އިރު މިނިސްޓްރީ އަށް އެ ތަކެތިި ނުލިބެއެވެ. އޭގެ ތެރޭގައި 50،000 ސާޖިކަލް ގައުން އާއި 9،975 ހެޒްމެޓް ސޫޓާއި 10،000 ފޭސް ޝީލްޑާއި 4،950 ރީޔޫސެބަލް ޕްރޮޓެކްޓިވް ގޮގްލްސް އާއި 10،000 ޑިސްޕޮސެބަލް ޝޫ ކަވާ އާއި 1،000 އެންކަލް ބޫޓާއި 50 ބޮޑީ ބޭގާއި 256،000 އެން95 މާސްކު ހިމެނެ އެވެ.

ގިނަ ކަންތަކެއް ހާމަވެގެން ދިޔަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހެލްތް މިނިސްޓްރީއިން، ޕާރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީޕީއީ) އާއި އެހެނިހެން މެޑިކަލް ސާމާނު ހޯދުމަށް ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން އެކިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ތަކެތި ހޯދުމަށް ހަވާލުކުރާނެ ފަރާތްތައް ކަނޑައަޅާފައި ވަނީ، ތަކެތި ފޯރުކޮށްދިނުމަށް ނަގާ މުއްދަތަށް 35 އިންސައްތަ ޕޮއިންޓް ލިބޭގޮތަށް އަދި އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަށް މުއްދަތުގެ ބައިން އެންމެ މަތިން ޕޮއިންޓް ލިބޭ ގޮތަށް ކަމަށެވެ.

ޕީޕީއީތައް މިއީ އަވަހަށް ބޭނުންވާ ތަކެތިކަމަށް ވުމުން، ތަކެތި ފޯރުކޮށް ދިނުމަށް ހުށަހަޅާ މުއްދަތަށް ނިސްބަތުން ގިނައިން ޕޮއިންޓް ލިބޭގޮތަށް ބިޑްތައް ވަޒަންކޮށްފައި ވީ ނަމަވެސް ބިޑްތައް ވަޒަންކުރުމުގައި، އެކި ފަރާތްތަކުން ހުށަހަޅާފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްތޯ ބިޑް ކޮމިޓީން ބަލައި ވަޒަންކޮށްފައި ނުވާކަނަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑު ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން ދުނިގޭގެ ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރިކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމަށް ބުރު އަރާފައިވާ ދުވަސްވަރަކާއި ބަލައި ރާއްޖެއިން ބޭރުން އެ ތަކެތި އެތެރެކޮށް ސަޕްލައި ކުރުމަށް އެކަށީގެން ނުވާ ކުރު މުއްދަތެއް ބައެއް ކުންފުނިތަކުން ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް މިނިސްޓްރީއިން އޭގެއިން އެއްވެސް ކަމަކަށް ރިއާޔަތް ނުކޮށް، ބައެއް އައިޓަމްތައް ފޯރުކޮށްދިނުމަށް ކުންފުނިތަކާއި ހަވާލުކޮށްފައިވާ ކަމަށް އޮޑިޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަސައްކަތް ހަވާލު ކުރި ކުންފުނިތަކަށްވުރެ އަގުހެޔި ބިޑުތަކެއް ވެސް ހުށަހަޅާފައި ހުރި ކަމަށެވެ. އޭގެ ސަބަބުން ހުށަހެޅި މުއްދަތަށް ތަކެތި ނުގެނެވި، ކުންފުނިތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދިން ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ހެލްތްގެ އޮޑިޓުން ހާމަވީ ބޮޑެތި އޮޅުވާލުންތަކާއި، ކޮރަޕްޝަންގެ އަމަލުތައް

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި މެދު މީގެ ކުރިން ނޫސްވެރިން އެތައް ފަހަރެއްގެ މަތީން ސުވާލު އުފެއްދިއެވެ. އަދި އެއީ ސައްހަ ކުންފުންޏެއްތޯ ކަށަވަރު ކުރިތޯ ތަކުރާރުކޮށް ވަނީ ސުވާލުކޮށްފައެވެ. އޮޑިޓް ރިޕޯޓުން ދައްކާގޮތުން ރާއްޖެ ގެނައީ ފެންވަރު ދަށް ވެންޓިލޭޓަރުތަކެކެވެ. އަދި އޭގައި ބޮޑެތި މައްސަލަތަކެއް ހުރުމުން، އެއީ ބޭނުން ކުރެވޭވަރަށް ވުރެ ކޮލިޓީ ދަށް ތަކެތީގެ ގޮތުގައި ލަފާ އެރުވިއެވެ.

އޮޑިޓު ރިޕޯޓުގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަލްކަހޯލް- ބޭސްޑް ހޭންޑް ރަބްގެ 5،922 ޕެކް 01 ދުވަސްތެރޭ ގެނައުމަށް ކުންފުންޏަކުން ހުށަހެޅިއެވެ. އެހެން ނަމަވެސް އެންމެ ފަހުން ކުންފުންޏަށް ވަނީ މުއްދަތު 52 ދުވަހަށް އިތުރުކޮށްދީފައެވެ. އެއާއު އެކު ކުންފުންޏާއި މަސައްކަތް 675،108 ރުފިޔާއަށް ހަވާލު ކުއިއިރު އެންމެ ދަށް އަގެއްގެ ގޮތުގައި ކުންފުންޏަކުން ވަނީ 417،732 ރުފިޔާ ހުށަހަޅާފައެވެ. އޭގެ އިތުރުން ރީޔޫޒަބަލް ޕްރޮޓެކްޓިވް ގިއާގެ 39،830 ގެނައުމަށް 05 ދުވަސް ހުށަހެޅުމަށްފަހު އެއްބަސްވުން ގާއިމްކޮށް އެ މުއްދަތު ވަނީ 59 އަށް އިތުރުކޮށްފައެވެ. މީގެ އިތުރުން ކުންފުނިން ހުށަހެޅީ 3،968،661 ރުފިޔާ ނަމަވެސް އެންމެ ދަށްކޮށް ހުށަހެޅި އަގަކީ 3،544،870 އެވެ. އެހެންކަމުން މީގެ ތެރޭގައި ހަތަރު ލައްކަ ތޭވީސް ހާސް ރުފިޔާގެ ފަރަގެއް ވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ހިދުމަތް ދިނުމުގައި ބޭނުންކުރުމަށް ހޯދާފައި ބަހައްޓާތަކެތީގެ ސްޓޮކް ބަލަހައްޓަން ޖެހޭނެކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް، ހެލްތް މިނިސްޓްރީގެ ބަޖެޓުގެ، ކޮވިޑުގެ ބަޖެޓުން ހަރަދުކޮށްގެން ހޯދާފައިވާ ޕީޕީއީގެ ތަކެތީގެ ތެރެއިން ޖޫން މަހުގެ ނިޔަލަށް ފައިސާ ދައްކާފައިވާ ޖުމްލަ 289,404,19 (ނަވާރަ މިލިއަން ހަތަރު ލައްކަ ހަތަރު ހާސް ދުއިސައްތަ އަށްޑިހަ ނުވަ) ރުފިޔާގެ ތަކެތީގެ ސްޓޮކް ބާކީގެ ހިސާބު ބަލަހައްޓާފައި ނުވެއެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންތަކަކަށް ތުހުމަތުކުރެވޭ އަމަލްތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާތީ، އެކަން ބެލުމަށް އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތާއި ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ އިތުރުން ފިނޭންސް މިނިސްޓްރީ ހާޒިރުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: