ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމްގެ ކޮވިޑް އޮޑިޓް: އިކުއިޕްމެންޓުތަކުގެ ކޮލިޓީ ޗެކެއް ނުކުރޭ، ގެންނަން އެދުނު ތަކެތި ގެނެސްފައި ނެތް!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު/ މީގެ ކުރިން ރާއްޖެ އޮތީ އެންމެ ގޯސް ހާލަތަށް ވެސް ތައްޔާރަށްކަމަށް ވިދާޅުވީ އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން ރާއްޖެ ގެނެސްފައިވަނީ އެއްވެސް ކޮލިޓީއެއް ނެތް މާސްކުތަކެއް ކަމާއި، އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖެމްނެޓު އޮތޮރިޓީގެ އެދުމާއު އެއްގޮތަށް ގެނައި ތަކެއްޗަށް ކުރަން ނުޖެހޭ ވަރުގެ ބޮޑެތި ހަރަދުތަކެއް ކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރާއްޖޭން ކޮވިޑުގެ ދެ ކޭސްއެއް ފެނުމާއި އެކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެހީތެރިކަން ފޯރުކޮށްދީ އެއަށް އަމަލު ކުރުމުގެ ގޮތުން އިތުރަށް ބޭނުންވާ ފާމަސޫޓިކަލް ތަކެއްޗާއި، އެހެނިގެން އާލާތްތަކުގެ އިތުރުން ހުރިހާ ވަސީލަތްތަކާއި އެކު މެޑިކަލް ޓީމެއް ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ ގެނައުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއަށް އެނގި ކަމަށެވެ. އަދި އެކަންކަމުގެ އިތުރުން ވިޔަސް ބޭނުންވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް އެދި ޓޫރިޒަމް މިނިސްޓްރީއިން ޑިޒާސްޓާ މެނޭޖްމެންޓަށް މާޗު މަހުގެ 08 ވަނަ ދުވަހު ފޮނުވި ސިޓީގެ ޖަވާބު އޭގެ ޖެހިގެން އައި ދުވަހު އެ އޮތޯރިޓީން ފޮނުވި ކަމަށެވެ. އޭގެ ތެރޭގައި ބޭނުންވާނެ މެޑިކަލް އިކުއިޕްމެންޓުތަކާއި އައިޓަމްތައް، އަދަދާއި އެކު ހިމަނާފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓް ރިޕޯޓުގައި ވާ ގޮތުން ޓޫރިޒަމް މިނިސްޓްރީއިން އެންޑީއެމްއޭއިން ބަޔާންކޮށްފައިވާ ބައެއް އައިޓެމްތައް ހޯދާފައި ނުވެއެވެ. އެއާއި އެކު ގެނައި ސާމާނުތަކުގެ އަދަދުތައް އެންޑީއެމްއޭއިން އެދުނު އަދަދާއި އަޅާ ބަލާ ވަރަށް ބޮޑުތަނުން އިތުރުކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓުގައި އެ އައިޓަމްތަކުގެ ތަފްސީލުތައް ހިމަނާފައިވެއެވެ. އެގޮތުން N95 މާސްކުގެ ގޮތުގައި އެންޑީއެމްއިން ގެނައުމަށް އެދުނީ 3،000 މާސްކު ނަމަވެސް، މިނިސްޓްރީއިން ވަނީ 20،000 މާސްކު ގެނެސްފައެވެ. އަދި މާސްކުތައް ގެނެސްފައިވަނީ ޔުނިޓެއްގެ އަގު 08 ޑޮލަރުގެ ރޭޓުންނެވެ.

މީގެ އިތުރުން އެންޑީއެމްއިން އެދިފައިވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީއިން “އެޑަނަލް ނޮން-ބްރީދަރ މާސްކް ވިތް ރިޒަވޮޔާރ ބޭގްސް” ގެނެސްފައި ނުވެއެވެ. އަދި ޕީޑިއެޓްރިކް ނޮން- ބްރީދާރ މާސްކް ވުތް ރިޒަވަޔަރ ބޭގްސް ވެސް ގެނެސްފައި ނުވެއެވެ. އެންޑީއެމްއިން އެދިފައިވަނީ އޭގެ 500 ގެނައުމަށެވެ. ހެޒްމަޓް ސޫޓްސް ލާޖް، މީޑިއަމް، ސްމޯލް މީގެ ކޮންމެ ސައިޒަކުން 1،000 ސޫޓްސް ގެންނަން އެދުމުން މިނިސްޓްރީއިން ޔުނިޓް އަގު 40 ގެ ރޭޓުން ގެނެސްފައިވަނީ ކޮންމެ ސައިޒްއަކުން 5000 އެވެ.

މިތަކެތި ގެނައިއިރު، ހަޒްމަޓް ސޫޓާއި އެކު ބޭނުންވާ ހުޑްސް ގެނެސްފައި ނުވެއެވެ. އަދި ހައި ފްލޯ އޮކްސިޖަން ނޭޒަލް ކެނިއުލާ ޑިވައިސިސް ވެސް ގެނެސްފައިނުވާއިރު، ޑިސްޕޯސަބަލް ހައިފްލޯ ނޭޒަލް ކެނިއުލާ ވެސް އެންޑީއެމްގެ އެދުމާއި އެއްގޮތަށް ނުގެނެއެވެ. ގެންނަން އެދުނު ތަކެތި ނުގެނައުމާއި، އަދި ކުރަންޖެހޭ ހަރަދަށްވުރު އިތުރު ހަރަދުތަކެއްކޮށް މިތަކެއްޗަށް އެކަނިވެސް ޓޫރިޒަމް މިނިސްޓްރީއިން 216،000 ޑޮލަރު ހަރަދު ކުރިއެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ 3.3 މިލިއަން ރުފިޔާއެވެ.

ރާއްޖެއަށް ގެނައި ޕީޕީތަކާއި، މާސްކުތަކަށް ކުރަން ނުޖެހޭ ހަރަދުތަކެއް/ ތަކެތި ގެނައީ އެދިފައިވާ މިންވަރަށް ވުރެ އިތުރަށް

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިތަކެތި ގެނައި އިރު ކޮލިޓީ އާއި އޭގެ ފެންވަރު އެއްވެސް ވަރަކަށް ޔަގީން ނުކުރެއެވެ. އެގޮތުން ކަސްޓަމްސްއިން މިތަކެތި 10 މޭއިގައި ކްލިއާކޮށް 18 ގައި އެންޑީއެމްއޭއާއި ހަވާލު ކުރި ކަމަށާއި، މިތަކެއްޗަކީ ފެންވަރު ރަނގަޅުތަކެތިކަން މިނިސްޓްރީއިން ބަލާފައިނުވާއިރު އެކަމުގެ ޔަގީންކަން އެންޑީއެމްއޭއިން ވެސް ނުބަލާ ކަމަށެވެ. އަދި، ޓޫރިޒަމް މިނިސްޓްރީން ގެނައި ތަކެތީގެ ތެރޭގައި ހިމެނޭ N95 މާސްކުތަކަކީ ވެރިފައިޑް އެޕްރޫވަލް ސެޓްފިކޭޓު ހުރި ތަކެތިކަމަށް އެ މިނިސްޓްރީން ބުނި ނަމަވެސް، އެޕްރޫވަލް ސެޓްފިކޭޓުގައި ބަޔާންކޮށްފައިވާ މޮޑެލް ނަމްބަރު މިނިސްޓްރީން ގެނައި ތަކެއްޗާ ގުޅޭ އެއްވެސް ލިޔެކިއުމެއްގައި ފެންނަން ނެތްކަމަށް އޮޑިޓްގައި ވަނީ ބުނެފައެވެ. އެހެން ކަމުން ގެނެސްފައިވަނީ އެ ސެޓިފިކޭޓުގައި ބަޔާންކޮށްފައިވާ މޮޑެލްގެ ތަކެތިކަން އެނގޭކަށް ނެތްކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑާއި ގުޅޭގޮތުން ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވެސް، މޭއި 11 ގައި މާސްކުތަކުގެ ބްރޭންޑުތަކުގެ ތެރޭގައި ހޮސްޕިޓަލް އަދި ނޮން-ހޮސްޕިޓަލް މާސްކު ހުންނަ ކަމަށާއި އަދި ޓޫރިޒަމް މިނިސްޓްރީން ގެނައި މާސްކުތަކަކީ ކޮވިޑުގެ ކަންތައްތަކުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނާ N95 މާސްކު ނޫން ކަމަށް ޑޮކްޓަރުންގެ ފަރާތުން ފާހަގަ ކުރި ކަމަށެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި އެ ވާހަކަ ދެކެވުމަށްފަހު ޕޮލިސީ ލެވެލްގެ ބޭފުޅުން ނިންމެވި ނިންމެވުމެއްގެ އެއްވެސް ލިޔެކިއުމެއް އޮޑިޓް އޮފީހަށް ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މި ތަކެއްޗަކީ އެއީ އެންޑީއެމްއޭއިން ބޭނުންވި ކޮލިޓީގެ ތަކެތިތޯ ބެލި ބެލުމުން އެތަކެތީ ކޮލިޓީ ޗެކްކޮށްފައި ނުވީ ނަމަވެސް އޭގެ ތެރޭގައި ހިމެނޭ N95 މާސްކުތަކަކީ ދަށް ކޮލިޓީގެ ތަކެތިކަން ބައްދަލުވުމުގައި ފާހަގަކުރެވުނު ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން ގެނައި އިކުއިޕްމެންޓުތަކާއި އެހެނިހެން ޕަރސަނަލް ޕްރޮޓެކްޓިވްސް، އިކުއިޕްމަންޓްސް އެކިއެކި އެޖެންސީތަކަށް ޙަވާލުކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދިން ކަމަށެވެ. އެހެން ނަމަވެސް އެ ހަވާލުކޮށްފައިވަނީ ކޮން އޭޖެންސީތަކަކާއި ކަން ޔަގީން ކުރެވޭނެ ލިޔެކިއުމެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓް އޮފީހުން ބުނެފައިވަނީ މިހެން ދިމާވެފައިވަނީ، މި ތަކެތި ގަތުމުގެކުރިން، ސިއްހީ ދާއިރާގެ ފަންނީ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިނުވާތީ ކަމަށެވެ. އަދި ގަންނަން ބޭނުންވާ ތަކެތީގެ ފެންވަރާއި ސްޕެސިފިކޭޝަން ފަދަ މުހިންމު މައުލޫމާތު ނިންމައި ލިޔެކިއުމުން ބެލެހެއްޓިފައި ނުވާތީއާއި، ލިބުނު ތަކެއްޗަކީ ބޭނުންވާ ފެންވަރުގެ ތަކެތިކަން ދާއިރާގެ ފަންނީ ފަރާތްތައް ލައްވައި ޗެކުކޮށްފައި ނުވާތީކަކަމަށެވެ.

ކޮވިޑާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރި ހަރަދުތަކާއި ބެހޭ އޮޑީޓުގައި މިނިސްޓްރީން އޮޅުވާލުތަކެއް އޮޅުވާލާފައިވާކަން ހާމަވެއެވެ. އޭގެ ތެރޭގައި މެންޑޭޓުގައި ވެސް ނުހިމެނޭ މަސައްކަތްތައް ކުރުމާއި، ބައެއް ހަރަދުތަކެއްކޮށް އޭގެ ސައްހަ ނޫން ލިޔެކިޔުން އުފައްދަން މަސައްކަތް ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: