ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަންގުން މި ދައްކަނީ ސަންގުގެ ވާހަކަ

ފޮޓޯ: މުޙައްމަދު ޝާތިރު، ޓްވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އާދޭހެވެ. ސަންގުން މި ފަހަރު މި ދައްކަނީ، ސަންގުގެ ވާހަކައެވެ. ސަންގު ޓީވީ ވުޖޫދުވެގެން އައިފަހުން ފަސް އަހަރު ފުރި، ހަ ވަނަ އަހަރުގެ ދުވަސްތައް ގުނަމުން މިދަނީއެވެ.

ދަންނަވަންތޯއެވެ. ސަންގު ޓީވީގެ މަޤްސަދަކީ، ދިވެހި ރައްޔިތުންނަށް، އޭގެ އެންމެ ތާާޒާކަމާއި، އެންމެ ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ސަންގުގެ މި ޓީމަކީ، ސައްހަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި، ފަހަތަށް އެންމެ ފިޔަވަޅެއް ވެސް އަޅާނެ ޓީމެއް ނޫނެވެ. އެހެނީ ދޮގު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ޤައުމުގެ އަހުލުވެރިން ވާވެއްދުމަކީ އެއްވެސް ހާލެއްގައި ސަންގުން ކުރަންބޭނުންވާނެ ކަމެއްނޫނެވެ. އަދި ކީއްތަ، އެ ފަދަ ބޭކާރު އަމަލުތަކަކީ ސަންގުން ދުވަހަކުވެސް ކުރާނެ އަމަލުތަކެއްނޫނެވެ.

ކުރިން ފާހަގަކޮށްލި ކަންތައްތަކުގެ އިތުރުން ސަންގުގެ މަޤުސަދުތަކުގެތެރޭގައި، “ތެދުބަސް” ހާމަކުރުން ހިމެނެއެވެ. “ތެދުބަސް” އޭ މި ދަންނަވާ އެއްޗަކީތޯއެވެ. އާދޭހެވެ. މި ދަންނަވާ “ތެދުބަސް” އެއީ ޤައުމެއްގެ ދިރުމަށް އެންމެ ބޭނުންވާނެ ކަންތައްތަކެވެ.

މި ގޮތުން “ތެދުބަސް” މި ލަފުޒުގެ ތެރެއަށް ފީނައިލާނަމެވެ.

“ތެދުބަސް” ގެ “ތ” އަކީ، ތާރީޚެވެ. އެއާއި ޖެހިގެން ދެން އެ އޮތް “ދ” އަކީ، ދީނެވެ. އެއާއި ވިދިގެން އެ އޮތް “ބ” އަކީ، ބަހެވެ. ދެން އެ އޮތް “ސ” އަކީ، ސަޤާފަތެވެ.

މި ގޮތުން، ތާރީޚާއި، ދީނާއި، ބަހާއި، ސަޤާފަތާއި، މި ހުރިހައި އެއްޗެއް ދިރުވައި އާލާކުރުމަށް ސަންގުން މަސައްކަތްކުރާނެއެވެ. ތާރީޚު އޮޅުވައިލަން މަސައްކަތްކުރާނަމަ، ސަންގުގެ ސްޓޭންޑަޑުން އެ އޮޅުންފިލުވައިދިނުމަށް މަސައްކަތްކުރާނެއެވެ. ދީނާއި ދެކޮޅަށް ތެދުވާ މީހުންގެ އަޑު ސަންގުން އުފުލާނެއެވެ. ބަހަށް އިހާނެތިކޮށް ހިތާނަމަ، އޭގެ ފުރިހަމަ ގޮތް އަންގައިދިނުމަށް މަސައްކަތްކުރާނެއެވެ. ސަޤާފަތަށް ފަސްއަޅަން އުޅޭނަމަ، ސަންގުން އެ ފޮރުވިޔަކަ ނުދޭނެއެވެ.

ސަންގުން އަބަދުވެސް މަސައްކަތްކުރާނީ ނޫސްވެރިކަމުގެ މިންގަނޑުތެރޭގައެވެ. ދެކޮޅުވެރިކަމަށް ސަންގަކުން ޖާގައެއް ނުދޭނެއެވެ. ސަންގުން ވަކި ކޮޅަކަށް ނުޖެހި ސާބިތުވެގެން ހުންނާނެއެވެ.

ހަމަކަށަވަރެވެ. ސަންގުން މި ދައްކަނީ ސަންގުގެ ވާހަކައެވެ. ސަންގު އަބަދުވެސް ފުމޭނެއެވެ. ސަންގުގެ އަޑު އަބަދުވެސް އިއްވާނެއެވެ.

މާތްﷲ އިރާދަކުރެއްވިއްޔާ، ނަފުރަތުގެ “ލޯ”ތަކަށް ބެލުމެއްނެތި، ފުރައްސާރައިގެ “ދޫ” ތަކަށް ބެލުމެއްނެތި ސަންގު ކުރިއަށްދާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: