ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރަނީ

މާލޭ ސިޓީ މޭޔަރު - ޝިފާ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް އިންތިޒާމުކޮށްފިއެވެ.

މާލޭ ސިޓީގެ އަވަށްތައް ކަމަށްވާ ހުޅުމާލެ އާއި ވިލިމާލޭގެ ރައްޔިތުންވެސް ހިމެނޭ ގޮތަށް މުޅި މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރަން ގާނޫނު ލާޒިމް ކުރާ ބައްދަލުވުން، އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުއްލިގޮތަކަށް ބާއްވަން ނިންމި އިރު، މި ބައްދަލުވުން މީގެ ކުރިން ބާއްވާފައެއް ނުވެ އެވެ.

ނަމަވެސް، ސިޓީ ކައުންސިލުން މިއަދު ބުނީ މިއީ ކޮންމެ މަހަކު ބާއްވާނެ ބައްދަލުވުމެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، އެގޮތުގެ މަތިން މާދަމާރޭ 8:30 ގައި އިސްކަންދަރު ސްކޫލް ހޯލުގައި މިމަހުގެ ބައްދަލުވުން އޮންނާނެ ކަމަށެވެ.

އެ ބައްދަލުވުމަށް މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ދައުވަތު ދީފައިވެއެވެ.

ނަމަވެސް، އިސްކަންދަރު ސްކޫލްގެ ހޯލަށް އެ އެންމެން ޖަމާވާނެ ގޮތަކާއި މެދު އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: