ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސީޖީ އެފޯޓްސް އެވޯޑް” ސްޓެލްކޯއަށް

ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދޭ "ސީޖީ އެފޯޓްސް އެވޯޑް" ސްޓެލްކޯއަށް ---- ފޮޓޯ: ޓްވިޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެޕިޓަލް މާކެޓް ޑެވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ދޭ “ސީޖީ އެފޯޓްސް އެވޯޑް” ސްޓެލްކޯއަށް ލިބިއްޖެ އެވެ.

ސީޖީ އެފޯޓްސް އެވޯޑަކީ ކޯޕަރޭޓް ގަވަރނެންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރަމުންގެންދާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ވިޔަފާރީގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ކުންފުނިތައް ފާހަގަކޮށް، އެވޯޑް ދިނުމަށް ކޯޕަރޭޓް މޯލްޑިވްސްއިން ރޭ ދަރުބާރުގޭގައި ބޭއްވި ގޯލްޑް100 ގާލާ ނައިޓްގައި އެ އެވޯޑާ ހަވާލުވެލެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޢުނީ އެވެ. ސްޓެލްކޯއަށް މިފަހަރު އެވޯޑް ލިބިފައިވަނީ މުޅިން އަލަށް ތާރަފްކުރި ސްޓޭޓް އޯންޑް އެެންޓަޕްރައިސަސް ކެޓަގަރީންނެވެ.

އެވޯޑާއި ހަވާލުވެވަޑައިގަތުމަށްފަހު މުޢުނީ ވިދާޅުވީ، އެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވަނީ ނަމޫނާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ބާއްވަން ކުންފުނީގެ މުވައްޒަފުން ކުރާ ބުރަ އަދި މިންނެތް މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށްޓަކައި މުޢުނީ ވަނީ ކުންފުނީގެ އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ސީޖީ އެފޯޓްސް އެވޯޑް ސްޓެލްކޯއަށް މި އަހަރު ލިބިފައިވާއިރު، މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސްޓެލްކޯއަށްވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަކަށްދޭ އެވޯޑް، ޕަބްލިކް އެންޓަޕްރައިސް އޮފް ދި އިޔާގެ އެވޯޑްވެސް ލިބިފަ އެވެ.

ސީޖީ އެފޯޓްސް އެވޯޑަކީ، ކެޕިޓަލް މާކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން 2018 ވަނަ އަހަރު ތައާރަފް ކުރި އެވޯޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: