ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެލްތް މިނިސްޓްރީ އަށް ޕީއެސް އެއް ހޯދަނީ

ހެލްތް މިނިސްޓްރީގެ އިމާރާތް ---- ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ޚަދީޖާ އަބްދުއްސަމަދު އަބްދުﷲ މަގަމާން ވަކިކޮށް، އެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

މަގާމުގެ މުއްދަތު ހަމަވާން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް، ޚަދީޖާ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ ވަނީ ނިންމާފައެވެ.

މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސީއެސްސީން ބޭފުޅުން އައްޔަން ކުރަނީ ފަސް އަހަރަށެވެ. އެ އުސޫލުން ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ޚަދީޖާ ހުންނަވާތާ ފަސް އަހަރު ވާނީ އަންނަ ހޯމަ ދުވަހަށެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި، ޚަދީޖާ ވަކިކުރަން އެ ކޮމިޝަނުން ނިންމީ ތަހުގީގު ކުރި، ހިންގުމާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.

ހަދީޖާ ވަކިކުރަން ނިންމި އެއް ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެކި އިދާރާތަކުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ބަދަލު ކުރުމެވެ. އެކަމަކު، ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރަން ސީއެސްސީން ނިންމި ނަމަވެސް އޭނާގެ މައްސަލަ ބަލައި ނިންމާފައިވާތާ އަށެއްކަ މަސް ވެއްޖެ އެވެ.

ޚަދީޖާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.

ޚަދީޖާ އަކީ ޕަބްލިކް ހެލްތު ސިސްޓަމް ޑިވެލޮޕްމަންޓް ދާއިރާއިން ކިޔަވައިވިދާޅުވެގެން ހުންނެވި އިލްމީ ކަނބަލެެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: