ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ތޭޖާސް” ގެ ފަސްޓްލުކް މިއޮތީ!

ފިލްމު "ތޭޖާސް" ގެ ފަސްޓްލުކް ޕޯސްޓަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަންގަނާ ރަނާވަތު ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފިލްމު “ތޭޖާސް” ގެ ފަސްޓްލުކް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

އާރްއެސްވީޕީ އިން އުފައްދާ މި ފިލްމު ޑައިރެކްޓުކުުރަނީ ސަރްވޭޝް މެވާރާ އެވެ. މި ފިލްމުން ކަންގަނާ ފެނިގެންދާނީ، އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ މީހެއްގެ ރޯލުންނެވެ.

އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމު އުފައްދާ ކުންފުންޏަކީ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ކުންފުންޏެކެވެ.

މިދިޔަ މަހު ރިލީޒްކުރި “ޕަންގާ” އިން ފެނިގެން ދިޔަ ކަންގަނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އޭނާ ވަރުގަދަ އެކްޝަން ކެރެކްޓާއަކުން ފެނިގެންދާ “ދާކަޅް” ވެސް ހިމެނެ އެވެ.

މި ފިލްމކީ ވެސް ގިނަ ބަޔަކު އިންތިޒާރުކުރަމުންދާނެ ފިލްމެއްކަން ގައިމެވެ.

ހަމަ ގައިމުވެސް ކަންގަނާގެ ސަޕޯޓަރުންނަސް މި ޚަބަރު ވެގެންދާނީ ވަރަށް ވެސް އުފާވެރި ޚަބަރަކަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: