ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕްގެ ޓީޒަރ ވަރަށް ސަޅި!

ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕްގެ ޕޯސްޓާރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަން ޖޯހަރްގެ ބިރުވެރި ފިލްމު “ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް” ގެ ޓީޒާއެއް ދައްކާލައި، ފިލްމުގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.

މި ފިލްމަކީ، ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ ފިލްމެކެވެ. ދަރުމާ ޕްރޮޑަކްޝަނަކީ ކަރަންގެ އަމިއްލަ ފިލްމު ހައުސްއެކެވެ.

އަންނަ މަހު ރިލީސްކުރަން ހަމަޖެހިފައިވާ، މި ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށް، ޒުވާން ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރު މުހިއްމު ރޯލްތަކުން ފެންނާނެ ފިލްމެކެވެ. އަދި މިއީ އެ ދެ ތަރިންގެ ޖޯޑު އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރު ވެސް މެއެވެ..

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ “ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް” ގެ ކާސްޓުންގެ ތެރޭގައި ޝްރަދާ ކަޕޫރްގެ ބޭބެ ސިދާންދު ކަޕޫރާއި އަޝުތޯޝް ރާނާ ވެސް ހިމެނެ އެވެ.

https://twitter.com/karanjohar/status/1222013892403970048?

މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަނުން މި އަހަރު އުފައްދާ ފުރަތަމަ ފިލްމެކެވެ.

މިދިޔަ އަހަރު ދަރުމައިން ވަނީ “ކޭސަރީ” އާއި “ކަލަންކް” އާއި “ސްޓޫޑަންޓް އޮފް ދި އިޔާ 2” އަދު “ގުޑް ނިއުޒް” ގެނެސްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: