ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީގެ ޓްރެއިލާ ބެލުންތެރިންނާ ހަމައަށް!

ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީ “މިސް އެމެރިކާނާ” ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ލާނާ ވިލްސަން ޑައިރެކްޓްކޮށްފައިވާ 85 މިނިޓް ގެ މި ޑޮކިއުމަންޓަރީގައި 30 އަހަރުގެ ލަވަކިޔުންތެރިޔާގެ ކެރިއަރާއި އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ވެސް ކިޔައިދޭނެ އެވެ.

“މިސް އެމެރިކާނާ” މި މަހުގެ 31 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށުމުގެ ކުރިން ބުރާސްފަތި ދުވަހު ފެށި މި އަހަރުގެ ސަންޑާންސް ފިލްމު ފެސްޓިލްވަލްގައި ޕްރިމިއާކޮށްފައިވެ އެވެ.

އުމުރުން 16 އަހަރުގައި ޕްރޮފެޝަނަލްކޮށް މިއުޒިކީ ދާއިރާ އަށް ނުކުމެ ގިނަ ބައެއްގެ ހިތްތައް ފަތަހަކޮށްފައިވާ ޓޭލާ މިހާތަނަށް ހަތް އަލްބަމް ނެރެފައިވެ އެވެ. އޭނާގެ އެންމެ ފަހުގެ އަލްބަމީ މިދިޔަ އަހަރު ނެރުނު “ލަވާ” އެވެ.

މިލްކިއްޔާތުގައި 360 މިލިއަން ޑިލަރު އޮންނަ ޓޭލާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އަނހެން ލަވަކިޔުންތެރިޔާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: