ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުއްތު ކުއްޖާ ރޭޕުކުރުން: ތުހުމަތުގެ އިނގިލި ހަމައެކަނި ކާފައަށް!

#ރޭޕުކުރުމާއަހަރެންދެކޮޅު
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން ދެއަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ އެކުއްޖާގެ ކާފަގެ މައްޗަށް ކަމަށާއި، އެކުއްޖާގެ މުނިކާފަ ހައްޔަރުކޮށްފައި ވަނީ އޭނާ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހަކަށް ވާތީ ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ، ކުއްޖާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިތުރަށް ސާފުކުރަންޖެހޭ މައުލޫމާތުތަކެއް ހުރުމުން، އެކަންތައްތައް ސާފުކުރުމަށް ކަމަށެވެ.

“ފުލުހުންނަށް ހުށަހެޅުނު މައްސަލައިގައި ވަނީ ކުއްޖާގެ ބައްޕަ ފަރާތު ކާފަ ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭތީ އާއި ކުއްޖާގެ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރެކޯޑް އޮންނަ މީހަކަށް ވާތީ އާއި ކުއްޖާގެ މައިންބަފައިންނަކީ ކުށުގެ ރެކޯޑް އޮންނަ ބަޔަކަށްވާތީއާއި، އަދި ކުއްޖާގެ މަންމަގެ ހާލު ދެރަވެގެން ޑޮކްޓަރަށް ދެއްކުމަށް ރަށުން ބޭރަށް ދަތުރުކޮށްފައިވާތީ މިވަގުތު ކުއްޖާ ދިރިއުޅެމުން އަންނަ މާހައުލަކީ ކުއްޖާއަށް ރައްކާތެރި މާހައުލަކަށް ނުވާތީ ކުއްޖާގެ މަންމަ ފަރާތުގެ އާއިލާއިން ކުއްޖާ މަންމައާ ހަވާލުކުރުމަށް މަސައްކަތްކުރުމުން ކުއްޖާގެ ބައްޕަ އެކަމަށް ހުރަސްއަޅައި ކުއްޖާ ނުދިން މައްސަލައިގެ ގޮތުގައެވެ.” ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ހިމެނޭ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައި ވަނީ ހާދިސާ ހިނގައިގެން އުޅޭ ރަށަށް ފުލުހުންގެ ހާއްސަ ތަޙްޤީޤު ޓީމެއް މި މަހުގެ 16 ވަނަ ދުވަހު ގޮސް ކަމާ ގުޅޭ ފަރާތްތަކާއި ސުވާލުކޮށް ހެއްކާ ގަރީނާ ހޯދުމަށް ފަހު ކަމަށެވެ.

މިމައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: