ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލަވް އާޖް ކަލް” ގެ ޓްރެއިލާ ދައްކާލައިފި!

ފިލްމު ލަވް އާޖް ކަލްގެ ޕޯސްޓަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު “ލަވް އާޖް ކަލް” ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ލީޑް ރޯލުން ފެނިގެންދާ، އަސަރުގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯން 2009 ގައި ހަމަ “ލަވް އާޖް ކަލް” ގެ ނަމުގައި ކުޅުނު ކަހަލަ ފިލްމެއް ކަމަށް ބެލެވެއެވެ. މި ފިލްމުގައި ދެ ދައުރެއް ދައްކުވައިދޭނެ އެވެ. އެއީ 2020 އާއި 1990 އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދޭ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ 14 ގަ އެވެ.

“ލަވް އާޖް ކަލް” އަކީ 2018 ގައި ބޮލީވުޑަށް ތައާރަފުވި ސާރާގެ ތިން ވަނަ ފިލްމެވެ. މީގެ ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާ އަލަށް ތައާރަފުކުރާ އަރުޝީ ޝަރުމާ ވެސް ހިމެނެ އެވެ.

ފިލްމު ބެލުންތެރިނަން ކަމުދާނެ ކަމަށް އުންމީދުކުރެވެނީ، ކާމިޔާބު ޑައިރެކްޓަރ އިމްތިޔާޒްމީޑިއާ އަށް ބުންޏެވެ.

ރްތިކް އަދި ސާރާ އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ ޖޯޑެކެވެ. ޚުދު ސާރާ ވެސް ވަނީ އެކި ފަހަރު މަތިން އޭނާ ކާރްތިކް އާ ވަރަށް ބޮޑަށް ގަޔާވާކަން ހާމަކޮށްފައެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ ސާރާ އަދި ކާރްތިކްގެ އޮންސްކްރީން ކެމިސްޓްރީ ބަލައިލުމަށް ކެތްމަދުވެފައެވެ.

އެ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި އިމްތިއާޒްގެ ފިލްމު ‘ލަވް އާޖް ކަލް’ގެ ސީކުއަލެއް ކަމަށް ހަބަރުތައް ބުނެއެވެ. ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ސާރާގެ ބައްޕަ ކާމިޔާބު ބަތަލު ސައިފް އަލީ ހާން އާއި ދީޕިކާ ޕަދުކޯންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: