ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަލަންގް” ގެ ޓައިޓްލް ލަވަ ބެލުންތެރިންނާ ހަމަ އަށް!

މަލަންގްގެ ޓްރެއިލާއިން މަންޒަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ޑައިރެކްޓަރު މޯހިތު ސޫރީގެ ރޮމޭންޓިކް ތުރިލާ “މަލަންގް” ގެ ޓައިޓްލް ލަވަ ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އަދިތިޔާ ރޯއި ކަޕޫރާއި ޑިޝާ ޕަޓްނީގެ ލޯބި ފެނިގެންދާ ލަވައިގެ މިއުޒިކް ހަދައި، ލަވަ ކިޔާފައި ވަނީ ވެދު ޝަރުމާ އެވެ. ޅެން ހަދާފައި ވަނީ ހާޝް ލިމްބާޗިއާ އާއި ކުނާލް ވަރުމާ އެވެ.

 

 

https://twitter.com/mohit11481/status/1217701784745074688?

“މަލަންގް” ގެ ކާސްޓުންގެ ތެރޭގައި ކުނާލް ކޭމޫ އާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.

ވަރުގަދަ އެކްޝަން ތަކެއް ހިމެނޭ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރެވެ. މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެ އެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމަކީ ބޮކްސް އޮފީހުގައި ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެ ފިލްމު ޑައިރެކްޓްކުރީ މޯހިތު ސުރީއެވެ. އޭނާ އަކީ އޭކް ވިލަން އާއި އާޝިގީ 2 ވެސް ޑައިރެކްޓްކުރި ޑައިރެކްޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: