ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުއްޖާ ރޭޕްކުރި މައްސަލަ ޖޭޕީން ކުށްވެރިކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 1 އަހަރާއި 9 މަހުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލަ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކުށްވެރިކޮށްފި އެވެ.

ޖުމްހޫރީ ޕާޓީން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ޚަބަރު އަޑު އެހީ ނުހަނު ހިތާމަޔާއި ކަންބޮޑުވުމާއެކުގައި ކަމަށެވެ. އަދި މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުން މި މުޖުތަމައުގައި އުޅުމަކީ އެ ޕާޓީން ހިތާމަކުރާ ކަމެއް ކަމަށެވެ.

ޖޭޕީން ބުނީ ރޭޕުގެ ޝިކާރައަށްވާ ކުދިންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، މި އަމަލު ހިންގި ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެސް، ހައްގު އަދަބު ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ބައިވެރިވާ ކަމަށް އެ ރަށުގައި އުޅޭ ބައެއް މީހުން މިއަދު ތުހުމަތު ކުރެއެވެ.

ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ. މިހާރު ވަނީ ތުހުމުތަކު ކުރެވޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: