ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ ޖިންސީ ފުރައްސާރައިގެ މައްސަލަވެސް ދަނީ ބަލަމުން

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައާ ބެހޭ މައްސަލައެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

2 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިން މުޅި ގައުމު މިވަގުތު މިއޮތީ ޝޮކެއްގެ ތެރޭގައެވެ. ކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފަ އެކުވެގެން ހިންގި އެ އަމަލު ފެންމަތިވެގެން އައީ ސޯޝަލް މީޑިއާއިންނެވެ. އެ ތިން މީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. ޖެންޑާރ މިނިސްޓްރީއިން ހާމަ ކުރި މައުލޫމާތުތަކުން އެނގޭގޮތުން އެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ

ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓު ހަސަން ދީދީގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެކެވެ. މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހަސަންއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އެކަން ބަލަމުންދާ ކަމަށެވެ.

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ މައްސަލަ ބަލަމުން އަންނަ އިރު އެ ރަށުގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ތިން ބަފައިން ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: