ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތުއްތުކުއްޖާ ރޭޕުކުރި މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފި!

ކުއްޖާގެ ކާފަ ހައްޔަރުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދަށް ވިލިނގިލީ ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

އެ ދެ މީހުން މިއަދު ހައްޔަރު ކުރުމަށް ފަހު ގެންދިޔައީ ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ނަމަވެސް، އެ ކޯޓުގައި މައްސަލަ ބަލާނޭ މެޖިސްޓްރޭޓެއް ނެތުމުން، ފަހުން އެމީހުން ވަނީ ވިލިނގިލީ ކޯޓަށް ހާޒިރު ކޮށްފަ އެވެ. އެތަނުގައި ވެސް މައްސަލަ ބެލޭނެ ގޮތެއް ނުވިއެވެ. އެކަމަކު އެ ރަށު ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަން ފެށުމުން ދެން ގެންދިޔައީ ގެމަނަފުށީ ކޯޓަށެވެ. އެ ކޯޓުން ވަނީ އެ ކޯޓުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ ބައްޕަ ހުޅުމާލޭގެ ފްލެޓެއްގައި ހުއްޓާ އާންމުން އެއްވެ އޭނާ ހައްޔަރު ކުރުމަށް ވަނީ ގޮވާލައިފަ އެވެ. އަދި އޭނާ ހުރި ފްލެޓަށް ގެއްލުންދީ ބޮޑު ހަމަނުޖެހުންގަނޑެއް ހިނގުމަށް ފަހު ފުލުހުން އޭނާ ހައްޔަރުކޮށްގެން މިހާރު ވަނީ ދޫނިދު އަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: