ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް – ޝަހީމް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިގޮތަށް ވިދާޅުވީ، ކުޑަކުއްޖަކު ރޭޕުކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޝަހީމްގެ ޓްވީޓުގައި ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދޭންޖެހޭ ކަމަށެވެ. އަދި އެކަން ކުރަނީ އެކުއްޖާގެ އާއިލާގެ ބަޔަކު ކަމަށް ވާނަމަ ވަކިން އަދަބު ބޮޑުވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެންމަތި ވެފައިވާ އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެ ތުއްތު ކުއްޖާގެ ކާފައާއި މުނި ކާފައެވެ. 

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލު ވަނީ ދެ މީހުން ކަމަށެވެ. އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ  62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މީސް މީޑިއާގެ ތެރެއިންނެވެ. އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: