ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ރޭޕުކުރި މައްސަލަައިގައި އިދިކޮޅު ކޯލިޝަންގެ ބަސް!

އިދިކޮޅު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނުގެ ރަށެއް ކަމުގައިވާ ގއ، ކަނޑުހުޅުދޫ އާއިލާގެ ބަޔަކު ވެގެން 2 އަހަރުގެ ތުއްތު ކުއްޖަކު ރޭޕުކުރި މައްސަލަ ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން އެކަން ކުށްވެރިކޮއްފިއެވެ.

އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ކުއްޖަ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ އަށް ރައްކާތެރިކަމާއި ހިމާޔަތްދޭންޖެހޭ މީހުނަށް ވުމީ ހިތާމަކުރާ ކަމެއް ކަމަށެވެ

މީގެ އިތުރުން، އެ އަމަލު ހިންގި ބަޔަކީ އެއްވެސް ރަހުމެއް ނުވަތަ ކުލުނެއް ވެސް ނެތް ބަޔެއް ކަމަށާއި އެ އަމަލު ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެސް ހަރުކަށި އަދަބު ދެން ގޮވާލާ ކަމަށް އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އެ ތުއްތު ކުއްޖާގެ ކާފައާއި މުނި ކާފައެވެ. 

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ޝާމިލު ވަނީ ދެ މީހުން ކަމަށެވެ. އެގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ  62 އަހަރުގެ ފިރިހެން މީހާ އާއި 81 އަހަރުގެ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ މީސް މީޑިއާގެ ތެރެއިންނެވެ. އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: