ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައިޒީނާ ޑައިލޮގްގައި ބައިވެރިވުމަށް މިނިސްޓަރ ޝާހިދު ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި!

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބައްދަލުވުންތަކަކަށްފަހު ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ޑައިލޮގްގައި ވަޒީރު ތަގުރީރުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޝާހިދުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުންނެވެ.

ބައްދަލުވުމުގެ ހަވާސާގައި އެމަނިކުފާނު ވަނީ 15 ބައްދަލުވުމެއް ބާއްވަވާފައެވެ. އެގޮތުން ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން ބައެއް އިސް އޮފިޝަލުންނާއި ޝާހިދު ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައިޒީނާ ޑައިލޮގްގައި ތަޤްރީރުކުރެއްވުމުގެ އިތުރުން ޑައިލޮގްގެ ހަވާސާގައި ކުރިއަށް ދިޔަ އެހެން ދެ ހަރަކާތެއްގައިވެސް ޚާރިޖީ ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ކޯލިޝަން ފޮރ ޑިޒާސްޓަރ ރިޒިލިއެންޓް އިންފްރާސްޓްރަކްޗަރ އިން އިންތިޒާމްކޮށްގެން ރިޒިލިއެންޓް އިންފްރާސްޓްރަކްޗަރގެ މައުޟޫއަށް ބޭއްވި ވަށްމޭޒު މަޝްވަރާއެއްގެ އިތުރުން މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާއި ބެހޭ ގޮތުން އޮތް ފޭސްބުކް ލައިވް އިވެންޓެއްގައިވެސް މިނިސްޓަރ ބައިވެރިވެވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: