ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެ މަތީ ތި ހޯދާ މުދަލަކީ ހަލާލު މުދާކަމުގައި ޔަގީން ކުރޭ: ހުތުބާ

ދުނިޔެ މަތީ ތި ހޯދާ މުދަލަކީ ހަލާލު މުދާކަމުގައި ޔަގީން ކުރޭ: ހުތުބާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނާ ދުނިޔެ މަތީގައި ހޯދާ މުދަލަކީ، ނުވަތަ އެ ތަނަވަސްކަމަކީ ﷲ ހަލާލު ކުރެއްވި ގޮތުގައި ހޯދާ އެއްޗެއްގެ ގޮތުގައި ހެދުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔެއަށް ވުޖޫދުވާ ކޮންމެ މަހުލޫހެއްގެ ރިޒުގު ކަނޑައެޅި ލިޔެވިގެން ވާ ކަމަށެވެ. އަދި އެ މީހަކަށް ކަނޑައެޅިގެންވާ ރިޒުގު ފުރިހަމައަށް ލިބުމަށްފަހުގައި މެނުވީ އެއްވެސް އިންސާނަކު ދުނިޔެދޫކޮށް ނުދާނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ފައިސާ އާއި މުދަލަށް އިންސާނާގެ ހިތް ލެނބުމަކީ ތޮބީއީ ކަމެއްގެ ގޮތުގައި ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ އެއީ އިންސާނާ ނުހަނު ލޯބި ކުރާ ކަންތައް ކަމަށެވެ.

އިންސާނާ މުދަލަށް ލޯބި ކުރި ނަމަވެސް، ހަރާމެއް ހަލާލެއް ނުބަލައި މުދާ ހޯދުމާއި ފައިސާވެރިވުމަކީ، ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ގެއްލިގެންދާ ކަމެއް ކަމަށެވެ. އެއީ އެމީހުން ކުރާ އަޅުކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށާއި ހަލާލު ރިޒުގު ހޯދާނެ ގޮތްތަކާއި، ވަސީލަތްތައް މާތްﷲ މި ދުނިޔެ މަތީގައި ލައްވާފައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މޫގެ އިތުރުން ހުތުބާގައި ވަނީ، ކިތަންމެ މުއްސަނދި މީހެއް ނަމަވެސް އޭނާ ދުނިޔެ ދޫކޮށްދާއިރު އެ މުދާ އޭނާއަށްކޮށދޭނެ އެއްވެސް ކަމެއް ނެތްކަން ފާހަގަކޮށްފައެވެ. ހުތުބާގައި ބުނެފައިވަނީ މުއްސަންޖަކަސް އަދި ފަގީރަކަސް އެ މީހާ މަރުވެ ދާއިރު ދާންޖެހެނީ ކަފުނުގެ ގޮތުގައި އޮޅުލާ ތިން ފޮށަ އާއި އޭގެ އުނގުޅާ ހަނޫތު ކޮޅަކައިގެން ކަމަށެވެ. އަދި އެއީ އޭނާ އެއްކުރި މުދާތައް ވާރުތަ ވެރިންނަށް ދޫކޮށްފައި ކަމަށެވެ.

އިންސާނާ ދުނިޔެ މަތީގައި ހޯދާ މުދަލަކީ، ނުވަތަ އެ ތަނަވަސްކަމަކީ ﷲ ހަލާލު ކުރެއްވި ގޮތުގައި ހޯދި އެއްޗެއްތޯ ކަށަވަރު ކުރުމަށް ހުތުބާގައި ވަނީ ގޮލާފައެވެ. އަދި އޭނާއާއި އޭނާގެ އަނބިދަރީންނަށް ދޫކޮށްފައި ދިޔަ މުދަލަކީ އެއީ ހަލާލުގޮތުގައި ހޯދި އެއްޗެއް ކަމުގައި ވޭތޯ ބެލުމަކީ އޭނާ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނެފައިވަނީ މުދާ ދެއްވާ ފަރާތުން މުދާ ދެއްވަނީ އަޅާ އެ މުދަލާއި، ތަނަވަސްކަމުގެ ބޭނުން ހިފާގޮތް ބެއްލެވުމަށް ކަމަށެވެ. އަދި މުދަލުން ހޭދަ ކުރުމާއި މުދަލުގައި ވާ އަނެކުންގެ ހައްގުތައް އަދާ ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: