ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަކީ މޮޔަ ނުހެއްދޭނެެއޭ ބުނެ، ތެދުވާން ލިބޭ ރަނގަޅު ފުރުޞަތެއް: ޑރ ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ މޮޔަ ނުހެއްދޭނެެއޭ ބުނެ، ރައްޔިތުންނަށް ތެދުވާން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާދުވިދާޅުވެ ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ކައުންސިލް އިންތިޚާބާ ކުރިމަތިލާއިރު ދިވެހި ފަސްގަނޑުގައި އިސްލާމްދީނަށް އޮތް ގޮންޖެހުންތަކާއި ބޭރުގެ ނުފޫޒާއި ނުކަތާ ވަރަށް ނަގަމުންދާ ޓެކްސްތަކުގެ ސަބަބުން އުފުލަމުންދާ ވޭން ރައްޔިތުން އިޙްސާސްކުރާ ކަމަށެވެ. އެހެން ކަމުން މިއީ މޮޔަ ނުހެއްދޭނެެއޭ ބުނެ، ތެދުވާން ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. 

ރައީސް ސާލިހުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައި ދިނުމަށް ފަސޭހަވެގެން ދާނީ ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ މައި ޕާޓީއަށް ލިބެގެން ކަމަށް އެމްޑީޕީން ބުނަމުން ދާތީ އެކަމަށް ރައްދު ދެއްވައި ޑރ ޖަމީލް ވިދާޅުވީ ވެރިކަމުގައި ތިބި ބަޔަކަށް ވޯޓު ދީގެން ނޫނީ އަސާސީ ހައްޤުތަކާއި ޚިދުމަތްތައް ލިބެން ނެތް ކަމަށް ބުނުމަކީ ޤާނޫނުއަސާސީން ގެނެސްދީފައިވާ ހިންގުމުގެ ނިޒާމް ބަލައިނުގަތުން ކަމަށެވެ. އަދި ނުސީދާކޮށް އެ ވިދާޅުވެވެނީ ރައްޔިތުންނަކީ ވިސްނުމުގެ ޤާބިލްކަން ނެތް ބައެއް ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ. 

ޑޜ ޖަމީލް މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު ދާދިފަހުން އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރި ދަތުރުގެ ތެރެއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބިއްޖެނަމަ، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ. އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެބައޮތް ކަމަށާއި މަޖިލީހުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިހާބު ދޭން އެ ބުނާ ސަބަބެއް އެނގިވަަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުން 42 މިލިއަން ރުފިޔާ ކައުންސިލްތަކަށް ކަނޑައަޅާފައިވާއިރު ފައިސާ އާއި ބާރުވެރިކަން ކައުންސިިލްތަކާ ހަވާލު ކުރަނީ ޒިންމާދާރުކަމާއެކު އެކަން ކުރުމަށްޓަކައި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ޒިންމާދާރުކަމާއެކު އެ މަސައްކަތް ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: