ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ ދެކުނު ސަރަހައްދީ އޮފީސް މަރަދޫގައި އިމާރާތްކުރަނީ!

ބިން ހަވާލުކުރުމަސް ބެއްވި ރަސްމިއްޔާތުގެ ތެރެއިން ---
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް އައްޑޫ މަރަދޫގައި އިމާރާތްކުރަން ނިންމައި އެ އިމާރާތް އަޅާނެ ބިމެއް އިއްޔެ ކަސްޓަމްސް އަށް ދީފިއެވެ.

އެގުތުން، އައްޑޫ ސިޓީ ކައުންސިލުން ހަމަޖައްސައިދިން 12،000 އަކަފޫޓްގެ ބިމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.

ކަސްޓަމްސް އަށް ދީފައިވާ ބިމަކީ، މަރަދޫ ބަނދަރުމަތީގައި ހުންނަ “1000 ބީސީ” ރެސްޓޯރަންޓްގެ އަރިމަތިން އޮތް ހުސް ބިމެކެވެ. ކަސްޓަމްސް އަށް ދިން ބިން ރަަސްމީކޮށް ހަވާލުކުރަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަރަދޫގެ ބައެއް އާންމުންނާއި އޮފީސްތަކުގެ އިސްވެރިން ވެސް ބައިވެރިވެޑައިގެންނެވި އެވެ.

އެ ސަރަހައްދުން ކަސްޓަމްސް އަށް ބިމެއް ދިނީ، އެތަނުން ދެ ބިމެއް ދޫކުރަން ނިންމައި ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން މިދިޔަ އަހަރުގެ މެދުތެރޭގައި އިއުލާން ވެސް ކޮށްފައި ވަނިކޮށެވެ.

ކަސްޓްމްސް އަށް މަރަދޫން ބިމެއް ދޫކުރި އިރު، އެތަނުގެ އޮފީސްތަކެއް ގަމާއި ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިމާރާތުގައި ވެސް ހިންގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: