ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭޕުކުރުމަކީ ޖަނަވާރު އަމަލައް – ރައީސް މައުމޫން

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރުމަކީ ޖަނަވާރުންގެ އަމަލެއް ކަމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ލީޑަރު  މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މައުމޫންގެ ޓްވީޓްގައި ވިދާޅުވީ އެއީ ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް ކަމަށެވެ.

https://twitter.com/maumoonagayoom/status/1218007334149951489

“ގަބޫލުކުރަން ވެސް ދަތި ޖަނަވާރުންގެ އަމަލެއް. އެކަން ކުރި ބަޔަކަށް ޤާނޫނީ ގޮތުން ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެ.” މައުމޫން ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، އުމުރުން ދެ އަހަރުގެ ކުއްޖަކު ރޭޕުކޮށްލާފައިވާކަން ކަށަވަރުވެފައިވަނީ، އެކުއްޖާ ފެންވަރުވަން އުޅުނުއިރު ތަދުވާކަމަށް ބުނުމުން، އެކުއްޖާގެ ބޮޑުދައިތަ އޭނާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކުމުންނެވެ. މި މުޑުދާރު އަމަލު ހިންގުމުގައި އެކުއްޖާގެ ބައްޕަގެ އިތުރުން ކާފަވެސް ބައިވެރިވި ކަމަށް ވަނީ ޚަބަރު ލިބިފައެވެ.

އެ ތުއްތު ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ފެނި، އެކުއްޖާ ބެލި ޑޮކްޓަރަށް ވެސް ކުއްލި ސިހުމެއް ލިބި، ރުއި ކަމަށްވެއެވެ. މި ހާދިސާ ހިނގިއިރު، މަސްތުވާތަކެތި ބޭނުންކުރާ އެކުއްޖާގެ މަންމަ ވަނީ ފަރުވާއަށް މި މަހުގެ ތެރޭގައި މާލެ ގެނެސްފައެވެ.

އެނގިފައިވާގޮތުގައި އެކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް، މިހާރު ވަނީ މާލެ ގެނެސްފައެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިޢަ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު ދެއަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާކަމަށެވެ.

މިމަމާ ގުޅިގެން، ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: